އއ. އުކުޅަހު ގެސްޓްހައުސެއްގައި ހުރި ދެ ފަތުރުވެރިޔަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް "ވަން" އަށް ވިދާޅުވީ، އެރަށުން ކޮވިޑަށް ޕޮޒިޓިވްވީ މީގެ ދެ ހަފްތާއެއް ކުރިން އެރަށަށް ދިޔަ އިނގިރޭސި ވިލާތުގެ ކުޑަކުއްޖަކާއި ފިރިހެނެއް ކަމަށެވެ.
އެމީހުން ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ ފުރުމުގެ ކުރިން ހެދި ޕީސީއާރު ޓެސްޓުންނެވެ. އެ ދެ ކޭސްއާ ގުޅިގެން އެމީހުންނާ ބައްދަލުވި މީހުން ދެނެގަނެ އެކަހެރި ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޝައުކަތު ވިދާޅުވި އެވެ.
މިދިޔަ މަހު ކުރީކޮޅު ވެސް އުކުޅަހުން ވަނީ ފަތުރުވެރިޔަކު ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެފަހަރު ޕޮޒިޓިވްވީ ނަލަވެލި ވިލާ ގެސްޓްހައުސްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު