ރާއްޖޭން ބޭރުން ރާއްޖެއަށް ކިޔަވަން އަންނަ ދަރިވަރުން 10 ދުވަހު ކަރަންޓީން ކުރަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.
އެޗްޕީއޭ އިން ބުނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރައްކާތެރިކަމުގެ އިތުރު ފިޔަވަޅެއްގެ ގޮތުގައި ޖަނަވަރީ ހަތަރު ވަނަ ދުވަހުން ފެށިގެން ވަކިގޮތެއް އަންގަންދެން ރާއްޖެއިން ބޭރުން ރާއްޖެއަށް އަންނަ ފަރާތްތަކުގެ ތެރެއިން ރާއްޖޭގެ ސްކޫލު، ކޮލެޖް އަދި ޔުނިވާސިޓީތަކަށް ކިޔަވަން އަންނަ ދަރިވަރުން ރާއްޖެ އައުމަށްފަހު 10 ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީނުވާން ޖެހޭނެ ކަމަށެވެ.
އެފަދަ ދަރިވަރުން ކަރަންޓީނުން ދޫކޮށްލެވޭނީ 10 ދުވަހަށްފަހު ހަދާ ޕީސީއާރު ޓެސްޓްގެ ނަތީޖާ ނެގެޓިވް ވުމުންނެވެ. އަދި އެ ފަރާތްތަކުން ވެސް ރާއްޖެ އާދެވޭނީ 96 ގަޑިއިރުނުވާ ނެގެޓިވް ޕީސީއާރު ނަތީޖާއަކާއެކު އެވެ.
ޚަބަރު
ޚަބަރު