ހޯދުންތަކުން ފެންނަ ގޮތުގައި ރާއްޖޭގައި އަދި އުޅެނީ ކޮވިޑުގެ އެއްވައްތަރު ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
އިނގިރޭސިވިލާތާއި ސައުތު އެފްރިކާގެ އިތުރުން ދުނިޔޭގެ ބައެއް އެހެން ގައުމުތަކުން ވަނީ ކޮވިޑުގެ އާ ވޭރިއެންޓެއް ފެނިފައެވެ. އެކި ގައުމުތަކުން ފެންނަ ކޮވިޑުގެ ވޭރިއަންޓް ތަފާތު ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ގިނަ ގައުމުތަކަށް ކޮވިޑްގެ އާ ވޭރިއަންޓް ފެތުރިފައިވުމަކީ އެކަށީގެންވާކަމެއް ކަމަށް ހޯދުންތަކުން ދައްކާ ކަމަށެވެ. އެގޮތުން ރާއްޖޭގައި ކޮވިޑުގެ އާ ވޭރިއަންޓެއް އުޅޭތޯ ބެލުމަށް ސާމްޕަލްތަކުގެ ބެޗެއް ސީކުއެންސިންއަށް ފޮނުވާފައިވާ ކަމަށާއި އެ ބެޗުގެ ނަތީޖާ ދެއްކި ގޮތުގައި ރާއްޖޭގައި އުޅެނީ އެއް ބާވަތެއްގެ ކޮވިޑް ކަމަށް ވިދާޅުވިއެވެ.
"ކުރިންވެސް ރާއްޖެއިން ވަނީ އެއް ބެޗު ސީކުއެންސިން އަށް ފޮނުވާފައި. އޭގެ ރެޒަލްޓް ވޭތުވެ ދިޔަ ހަފްތާގައި އަޅުގަނޑުމެންނަށް ލިބިފައި މިވަނީ، މިހާތަނަށް ސީކުއެސް ކުރެވުނު ހުރިހާ އެއްޗަކުންވެސް ރާއްޖޭގައި އެއް ވައްތަރެއް ވައިރަސްގެ މިއުޅެނީ" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ އިތުރު ބެޗްތައްވެސް ސީކުއެންސިންއަށް ފޮނުވުުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޑްގެ އާ ވޭރިއަންޓުން ރައްކާތެރިވުމަށް މިވަގުތު ކުރެވެން އޮތް ކަމަކީ މިހާރު އަޅާފައިވާ ފިޔަވަޅުތައް މަތީގައި ދެމިތިބުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު