ތައިލެންޑުގެ އެންމެބޮޑު ސީފުޑް މާރުކޭޓުން ކޮވިޑް ފެނި އެތައް ހާސްބަޔަކު ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ތައިލެންޑުގައި ކޮވިޑްގެ ހާލަތު ރަނގަޅުވެފައިވަނިކޮށް އެގައުމުން ފެންނަމުންދިޔަ ކޭސްތަކާއި ގުޅުންހުރިކަމަށް ބެލެވޭ ކޭސްތަކެއް ފެނުމާ ގުޅިގެން، އެގައުމުގެ އެންމެ ބޮޑު ސީފުޑް މާރުކޭޓު މިހާރުވަނީ ލޮކްޑައުން ކޮށްފައެވެ.
ވެރިރަށް ބެންކޮކް ކައިރީ ސަރަހައްދެއްގައި އޮންނަ ސީފުޑް މާރުކޭޓުގައި ގިނައިން މަސައްކަތް ކުރަމުން އަންނަނީ އަވަށްޓެރި މިޔަންމާގެ މަސައްކަތްތެރިން ކަމަށް ތައިލެންޑުން ބުނެއެވެ. މާރުކޭޓުގައި މަސައްކަތް ކުރާ ހުރިހާ މީހުން ގޭގައި މަޑުކުރުމަށްވެސް ތައިލެންޑް ސަރުކާރުން ވަނީ އަންގައިފައެވެ.
މި މާރުކޭޓުން އެންމެ ފުރަތަަމަ ވައިރަސް ފެނިފައިވަނީ އެތަނުގައި މަސައްކަތް ކުރާ 67 އަހަރުގެ މީހެއްގެ ގައިންނެވެ. އެއަށްފަހު ހެދި ޓެސްޓުތަކުން މިހާރުވަނީ މާރުކޭޓުން ފެނުނު ކޭސްތަކުގެ އަދަދު 689 އަށް އަރައިފައެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް ވައިރަސް އެންމެ ފުރަތަމަ ފެންނަން ފެށި ޗައިނާއަށްފަހު ދެވަނަ އަށް ފެނިފައިވަނީވެސް ތައިލެންޑުންނެވެ. އެގައުމުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ވަނީ ކޮވިޑްގެ ނުރައްކާ ކުޑަކޮށްފައެވެ. ތައިލެންޑުން ކޮވިޑް ޖެހިފައިވާކަމަށް ރެކޯޑް ކޮށްފައިވަނީ 4907 މީހުންނެވެ. އެގައުމުން ބަލިޖެހިގެން މަރުވެފައިވަނީ 60 މީހުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ