ކެފޭ އުސޫލުން މާލޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ ގެއެއްގެ ވެރިއަކަށް ދައުވާކުރަން ޕްރެސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފުލުހުން މައްސަލަ ފޮނުވައިފިއެވެ.
ޕީޖީ އޮފީހުގެ ތަރުޖަމާނު، ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު "ވަން" އަށް ވިދާޅުވީ އެ މައްސަލައިގައި ފުލުހުން ދައުވާކުރަން ފޮނުވާފައިވަނީ މ. ބްރައިޓްފްލާވާ ގޭގެ ވެރިފަރާތްތަކާ ދެކޮޅަށް ކަމަށެވެ.
ޝަފީއު ވިދާޅުވީ އޭނާގެ މައްޗަށް ދައުވާކުރުމަށް ފޮނުވުމުގެ ކުރިން ފުލުހުންގެ ފަރާތުން ސާފުކުރަންޖެހޭ ކަންކަން ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އެކަންކަން ސާފުކުރުމަށްފަހު ދައުވާކުރަން ފޮނުވޭނެ ކަމަށެވެ.
މާލޭގައި ފުޅާ ދާއިރާއެއްގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިތައް ދަނީ ހިންގަމުންނެވެ. މިއީ މިފަދަ މައްސަލައެއްގައި މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވި ފުރަތަމަ ފަހަރެވެ.
ފުލުހުން ވަނީ މިފަހުން ނޫސްވެރިންނާއެކު އެފަދަ ގެތަކަށް ރެއިޑް ޖަހައި، އެތަންތަނުން ގިނަ އަދަދެއްގެ މީހުން ހައްޔަރުކޮށްފައެވެ. ނަމަވެސް ގާނޫނީ ހުރަސްތަކާ ހެދި އަދިވެސް އެފަދަ ގެތައް ބަންދުކުރުމަށް ފުލުހުންނަށް ދަނީ ހުރަސްތަކާ ކުރިމަތިވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު