ގއ. ވިލިނގިލީގައި ހުންނަ އެސްޓީއޯ ފާމަސީ ފަޅާލައި އެތަނުން ވައްކަން ކޮށްފި އެވެ.
ފުލުހުން ބުނީ ވިލިނގިލީގައި ހުންނަ އެސްޓީއޯ ފާމަސީ ފަޅާލައި އެތަނުން ވައްކަން ކޮށްފައިވާ ކަމުގެ ރިޕޯޓު މިއަދު ލިބިފައިވާ ކަމަށެވެ. ނަމަވެސް ވަގަށް ނެގި ތަކެތީގެ ތަފްސީލު އަދި ސާފުނުވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ އިރު، މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
އެނގިފައިވާ ގޮތުގައި ވިލިނގިލީގައި ހުންނަ އެސްޓީއޯ ފާމަސީގެ ބިއްލޫރިގަނޑެއް ތަޅާލައި އެތަނަށް ވަދެ، ކައުންޓަރުގައި ހުރި ފައިސާތަކެއް ވަނީ ވަގަށް ނަގައިފަ އެވެ. މީގެ އިތުރުން އަމަލުވާ ޒާތުގެ ބޭސްތަކެއް ވަގަށް ނަގާފައިވާ ކަމަށްވެސް މައުލޫމާތު ލިބެ އެވެ. އަދި އެތަނަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ.
ފުލުހުންގެ ތަހުގީގު ނިމެންދެން ފާމަސީ ވަނީ ވަގުތީގޮތުން ބަންދުކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު