ކޮވިޑް ފެތުރެން ފެށި ސަބަބު ހޯދުމަށް ޑަބްލިއުއެޗްއޯގެ ޓީމެއް ވުހާން އަށް ދަތުރުކުރުމަށް ނިންމައިފިއެވެ.
ބައިނަލްއަގުވާމީ 10 ސައިންސުވެރިން ހިމެނޭ ޑަބްލިއުއެޗްއޯގެ ޓީމު ޗައިނާގެ ވުހާން އަށް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުއެވެ.
ޑަބްލިއުއެޗްއޯއިން މިހާރު ކުރަމުން އަންނަނީ މި ޓީމު ޗައިނާ އަށް އެތެރެވުމަށް ހޯދަން ޖެހޭ ހުއްދަތައް ހޯދުމުގެ މަސައްކަތް ކަމަށް އޮފިޝަލުން ބުނެއެވެ.
ދުނިޔޭގެ ހުރިހާ ސަރަހައްދެއްގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް އެންމެ ފުރަތަމަ ފެނިފައިވާކަމަށް ބެލެވިފައި ވަނީ ޗައިނާގެ ވުހާން ސިޓީގެ މާރުކޭޓަކުންނެވެ.
ވުހާން ގައި ކުރަން ހަމަޖެހިފައިވާ ތަހުގީގުގެ އެންމެ މުހިންމު ބޭނުމަކީ ކޮވިޑް ފެތުރެން މެދުވެރި ވި ސަބަބު ދެނެގަތުމުގެ އިތުރުން މުސަތަގުބަލުގައި މިފަދަ ބަލިމަޑުކަމެއްގެ ނުރައްކަލުން ސަލާމަތްވުމަށް ކުރަން ޖެހޭ ކަންކަން ކުރުން ކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ.
ޑަބްލިއުއެޗްއޯއިން ވަނީ ވުހާންގައި ކުރާ ތަހުގީގު އެއްކޮށް ނިންމުމަށް 5 މަސްދުވަސް ބޭނުންވާނެކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ