ސްރީ ލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުން ވަޅުލުމަށް ރާއްޖެ ގެންނަން ދިވެހި ސަރުކާރުން ހުށަހަޅާފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފި އެވެ.
ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ އެންމެން އެންދުން މަޖުބޫރު ކޮށްފައިވާއިރު، އެބަލީގައި މަރުވާ މުސްލިމުން އަންދާތީ މުސްލިމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މުސްލިމުން ބުނަމުން އަންނަނީ މަރުވާ މުސްލިމުން އެންދުމަކީ އިސްލާމީ އުސޫލާ ހިލާފު ކަމެއް ކަމަށެވެ. އަދި އެކަމާ ގުޅިގެން އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ވެސް ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.
ލަންކާގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު ޑރ. ހެމަންތަ ހެރަތާ ހަވާލާދީ އެގައުމުގެ ޑެއިލީ މިރާ ނޫހުން ބުނީ، ކޮވިޑް ޖެހިގެން މަރުވާ މުސްލިމުން ވަޅުލައިދޭން ތައްޔާރަށް އޮތް ކަމަށް ބުނެ ދިވެހި ސަރުކާރުން ރަސްމީކޮށް އެގައުމުގެ ފޮރިން މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ހަދަން ޖެހޭ ގައިޑްލައިންތައް ހެދުމަށާއި އަދި އެއީ ކުރެވިދާނެ ކަމެއްތޯ ބެލުމަށް ފޮރިން މިނިސްޓްރީން ހެލްތު މިނިސްޓްރީގައި އެދިފައިވާ ކަމަށް ވެސް ޑރ. ހެމަންތަ ވިދާޅުވި އެވެ.
"ލަންކާގައި މަރުވާ މުސްލިމުން ވަޅުލައިދޭން ތައްޔާރަށް އޮތް ކަމަށް ރާއްޖޭން އެދުނީ އެއީ އެގައުމަކީ ވަކި ރަށްތަކަށް އޮތް ގައުމަކަށްވެފައި އަދި ލަންކާއަށް ދިމާވެފައި އޮތްފަދަ މައްސަލައެއް ރާއްޖެއަށް ދިމާވެފައި ނެތުމުން. ދިވެހި ސަރުކާރުން ހުށަހަޅާފައިވަނީ މަރުވާ މީހުން ރަށެއްގައި ވަޅުލާ ގޮތަށް. ދިވެހި ސަރުކާރުގެ އެ ހުށަހެޅުމަށް ރަސްމީކޮށް ޖަވާބެއް ފޮނުވުމަށް، އެކަމަށް ހަދަން ޖެހޭ ގައިޑްލައިންތައް ހެދުމަށްފަހު ފޮރިން މިނިސްޓްރީއާ ހަވާލުކުރާނަން،" ޑރ. ހެރަތް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެކަމަކީ ކުރެވިދާނެ ކަމެއްތޯ އެނގޭނީ އެކަމާ ގުޅޭ ފީސިބިލިޓީ ހެދުމުން ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ފޮރިން މިނިސްތްރީއާ "ވަން" އިން ސުވާލު ކުރުމުން ސީދާ ޖަވާބެއް ނުދެއްވަ އެވެ. ވިދާޅުވީ ބަޔާނެއް ނެރުއްވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު