އޮކްސްފޯޑާއި ރަޝިޔާއިން ވެކްސިން އެއްކޮށްގެން ބާރުގަދަ ވެކްސިން އެއް ޓެސްޓްކުރަން ނިންމައިފިއެވެ.

އޮކްސްފޯޑްގެ ވެކްސިން އެސްޓްރާޒެނެކާ އާއި ރަޝިޔާގެ ވެކްސިން ސްޕުޓްނިކް ވީ އެއްކޮށްގެން ޓެސްޓު ހެދުމަށް ޔޫކޭ އާއި ރަޝިޔާގެ ސައިންޓިސްޓުން ވަނީ ހާއްސަ ޓީމެއް އެކުލަވައިލައިފައެވެ.

ޓީމުން ބުނީ އެއްގޮތް ދެ ވެކްސިން އެއްކޮށްގެން އިމިއުން ވުން ވަރުގަދަކުރެވޭނެ ކަމަށް ބެލެވިފައިވާކަމަށެވެ.

ސައިންޓިސްޓުންގެ ޓީމުން ވަނީ ޓެސްޓުތައް ރަޝިޔާގައި ކުރިޔަށް ގެންދިއުމަށް ނިންމައިފައެވެ. އަދި އެގައުމުގެ 18 އަހަރުން މަތީ މީހުން ބޭނުންކޮށްގެން ޓެސްޓު ކުރުމަށް ނިންމާފައި ވެއެވެ.

އޮކްސްފޯޑްގެ ވެކްސިން ވަނީ އިންސާނުންގެ ގަޔަށް ޖަހައި ޓެސްޓު ކޮށް ރަނގަޅު ނަތީޖާއެއް ދައްކައިފައެވެ.

ދެ ވެކްސިން އިން ވެސް ވަނީ ނަތީޖާ ރަނގަޅުކަމަށް ދައްކައިފައެވެ. ވެކްސިން ޓީމުން ވަނީ ދެވެކްސިންގެ ނަތީޖާއަށް ރިއާޔަތްކޮށްގެން އެއްވެކްސިން އެއް އުފެއްދުމުން އޭގެ ޔަގީންކަން ބޮޑުވާނެކަމަށް ބުނެފައެވެ.