ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ފޯނުން ގުޅުއްވައި ވަރަށް ގިނަ ވާހަކަފުޅުތައް ދައްކަވައިފި ކަމަށާއި އުއްމީދުތައް އާވެއްޖެ ކަމަށް ޒުވާން މަސްވެރިޔާގެ ނަމުން މަޝްހޫރުވެފައިވާ ހަސަން ސާޖިން ބުނެފި އެވެ.
ސާޖިން މިހެން ބުނީ އޭނާ ރޭ ފަތިހުގެ ވަގުތެއްގައި ކުރި ޓުވީޓެއްގަ އެވެ.
ސާޖިންގެ ޓުވީޓުގައި ބުނެފައިވާ ގޮތުގައި އިއްޔެ ފާހަގަކުރި މަސްވެރީންގެ ދުވަހު އެންމެ ބޭނުންވެގެން އުޅުނު ކަމަކީ ރައީސް ސޯލިހަށް ގުޅައި ހިތުގެ ޝުއޫރު ހިއްސާކޮށްލުމަށެވެ.
"މިއަދު އެންމެ ބޭނުންވެގެން އުޅުނީ ހިތުގެ ޝުއޫރު ރައީސް ސޯލިހަށް ގުޅާފަ ހިއްސާކޮށްލަން. އަލްހަމްދު ލިއްﷲ، ރައީސް އަޅުގަނޑަށް ގުޅާފަ ވަރަށް ގިނައިރުވަންދެން ވާހަކަދައްކަވައިފި. ފާހަގަކޮށްލަން، ވަރަށް އުފާވެއްޖެ އަދި އުއްމީދު އާވެއްޖެ." ޒުވާން މްސްވެރިޔާ ރަސްމީ ޓުވީޓާ އެކައުންޓުން ކުރި ޓުވީޓުގައި ބުނެފައި ވެއެވެ.
އިއްޔެ ރާއްޖޭގައި ފާހަގަކުރި މަސްވެރީންގެ ދުވަހުގެ މުނާސަބާގައި ރައީސް ސޯލިހު ދެއްވި ހިތޯބުގައި ވިދާޅުވެފައިވާ ގޮތުގައި، މަސްވެރީންގެ ކަންކަން ރަނގަޅުކުރުމަށް ޓަކައި ހާއްސަ އިސްކަމެއް ދެއްވައިގެން ގެންދަވަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެ ގޮތުން ތަރައްގީ ނުކޮށް ދޫކޮށްލެވިފައި އޮތް މިފްކޯގެ ފެލިވަރު ކެޕޭސިޓީ އިތުރު ކުރުމާއި މ. މުލަކު އަދި ގދ. ތިނަދޫގައި ވެސް މަސް ގަންނަން ބޭނުންވާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ކަނޑުމަހުގެ މަސްވެރީންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ނުލިބި އޮތް އިރު، ބޮޑުކަންނެލީގެ މަސްވެރީންގެ ޝަކުވާތައް ވެސް މިހާރު ވަނީ ބޮޑުވެފަ އެވެ. ކަންނެލި ގަންނަ އަގު ދަށްވުމުގެ ޝަކުވާ ވަނީ އިންތިހާއަށް ބޮޑު ވެފަ އެވެ.
ބޮޑު ކަންނެލީގެ ދޯނިފަހަރު ކަނޑުމަތީގައި އެއްވެ، އެމީހުންގެ ޔޫނިއަން ވެސް އިއްޔެ ވަނީ އިފްތިތާހު ކޮށްފަ އެވެ.
މަސްވެރިން
މަސްވެރިން