ދެ ސަރަހައްދު ފިޔަވައި އެހެން ހުރިހާ ސަރަހައްދަކުން އެސްޓީއޯ ރޭޓުން މަސްވެރިންނަށް މިހާރު ތެޔޮ ލިބޭނެ ކަމަށް މިނިސްޓާ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް ވިދާޅުވީ، މަސްވެރިންނަށް ތެޔޮ ދޫކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެފައިވަނީ، މ. އަތޮޅާއި ލ އަތޮޅުގައި ކަމަށެެވެ.

"އެއީ އެސްޓީއޯގެ ސްކިޑް އެތަނަށް، އެ ދެއަތޮޅުގައި ގާއިމް ކުރުމަށް އަދިވެސް ކުޑަކުޑަ ވަގުތުކޮޅެއް ނަގާތީ،"

ނަމަވެސް މިނިސްޓަރު ވިދާޅުވީ، މިހާރު ރާއްޖޭގެ ހުރިހާ ސަރަހައްދެއް ކަހަލަ ގޮތަކަށް އެސްޓީއޯގެ ސްކިޑުން ތެޔޮ ދޫކުރަމުންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާ ވެސް އެކު ތެލަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުން، މަސްވެރިންނަށް ތެޔޮ ލިބުން ދަތިވެ މަސްވެރިން މަހަށް ފުރަން ދަތިތަކެއް ކުރިމަތިވި ކަމަށެވެ.

ނަމަވެސް އެ މައްސަަލަތަކަށް ވަރަށް ބޮޑު އިސްކަމެއްދީގެން، މަސްވެރިންނަށް މަސް ކަނޑަތަކަށް ނުކުމެވޭނެ، އިންތިޒާމުތައް ސަރުކާރުން ހޯދައިދިނީ އަގު ހެޔޮކޮށް މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމްތައް ހަމަޖައްސައިދީގެން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ޖުމްލަކޮށް މަސްވެރި ހުރިހާ ސަރަހައްދުތަކެއްގައި މަސްވެރިނަށް އަގު ހެޔޮކޮށް އެދޭ ތެޔޮ ލިބޭނެ އިންތިޒާމް ވަނީ ހަމަޖެހިފައި،"