މިއަދު ފާހަގަކުރަމުން އަންނަ މަސްވެރިންގެ ދުވަހާ ދިމާކޮށް ކުޑަކުދިންނަށް އަމާޒުކޮށްގެން "ދިވެހި ގޮތަށް މަސްވެރިކަން ކުރަމާ"ގެ ނަމުގައި ފޮތްތަކެއް އިފްތިތާހު ކޮށްފިއެވެ.
މިއީ ދިވެހި ރާއްޖޭގައި ކުރާ މަސްވެރިކަމުގެ ތެރެއިން، ކަޅުބިލަމަހާއި ރީނދޫއުރަހަ ކަންނެއްޔާއި ލޯބޮޑު ކަންނެލި އަދި ފާނަ މަސްވެރިކަން ކުރާ ގޮތާއި އެ މަސްވެރިކަމުގައި ބޭނުންކުރާ އުކުޅުތަކާއި އެކުލެވޭ މައިގަނޑު ކަންކަން ތުއްތު ކުއްޖާއަށް ފަސޭހައިން ނަގައިގަނެވޭނެ ފަދަ ގޮތަކަށް ފަރުމާކޮށްފައިވާ ފޮތްތަކެކެވެ.
އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ލިޔެފައިވާ މި ފޮތްތަކުގެ ތެރޭގައި ކުލަ ޖައްސާ ފޮތްތައްވެސް ހިމެނެއެވެ.
މި ފޮތް ލިޔުނީ 2018 ވަނައަހަރު ޓީޗަރެއްގެ ވަޒީފާ ދޫކޮށް މަސްވެރިކަމުގެ ދާއިރާއަށް ނުކުތް ގއ ގެމަނަފުށީ، ހިތަދޫގެ، އަހްމަދު ޝާފިއުއެވެ. ޝާފިއުއަކީ ޓީޗިންއިން މާސްޓާސް ހާސިލްކޮށްފައިވާ މީހެކެވެ.
އެކި ބާވަތްތަކުގެ މަސްވެރިކަން ކުރާނެ ގޮތް ހިމަނައިގެން މިއަދު އިފްތިތާހު ކުރި ފޮތާއި ބެހޭ ގޮތުން "ވަން"އަށް މައުލޫމާތު ދެމުން ޝާފިއު ބުނީ، އެ ފޮތްތައް މެދުވެރިކޮށް މަސްވެރިކަމާ ބެހޭ ގިނަ މައުލޫމާތު ތުއްތު ކުދިންނަށް ލިބިގެންދާނެ ކަމަށެވެ. އަދި މި މަސް ނިމުމުގެ ކުރިން އެ ފޮތްތައް މާލޭގެ ބުކްޝޮޕްތަކުން ލިބެން ހުންނާނެ ކަމަށް އޭނާ ބުންޏެވެ.
"މަސްވެރިކަމުގެ މައުލޫމާތާއި މި މަސައްކަތްކުރާ ގޮތް މި ފޮތްތައް މެދުވެރިކޮށް ތުއްތު ކުދިންނަށް ވަރަށް ފަސޭހައިން ދެނެގަނެވޭނެ. މި ފޮތްތައް ފަރުމާކޮށްފައިވަނީ ތުއްތު ކުދިން ވަރަށް ޝައުގުވެރިވާނެ ފަދަ ގޮތަކަށް" ބުންޏެވެ.
މަސްވެރިކަން ކުރިއަރުވަން އަމިއްލަ ހައިސިއްޔަތުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޝާފިއު ބުނީ، މަސްވެރިކަމަކީވެސް ކިޔަވައިގެން ކުރެވިދާނެ މަސައްކަތެއްް ކަމަށާއި މަސްވެރިކަން ތަރައްގީ ކުރުމަށް ތައުލީމީ ޒުވާނުން ބޭނުންވާ ކަމަށެވެ.
މަސްވެރިކަން
މަސްވެރިކަން
މަސްވެރިކަން
މަސްވެރިކަން