އެންމެ ފުރަތަމަ ވެކްސިން ދޭނީ ސިއްހީ ދާއިރާގެ ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނާއި 80 އަހަރުން މަތީގެ މީހުންނަށް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ކޮވިޑް ވެކްސިން ދިނުމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސްގައި ވެކްސިން ޖަހައިގެން ކުރިމަތިވާ އަސަރުތައް ދިރާސާކޮށް ބަލާ ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވާ ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، ވެކްސިން އެންމެ ފުރަތަމަ ދިނުމުގައި އިސްކަން ދީފައިވާނީ ފުރާނަ ސަލާމަތް ކުރުމަށް ކަމަށެވެ.
އެގޮތުން ފުރަތަމަ ވެކްސިން ދޭ މީހުންގެ ތެރޭގައި ސީދާ އަދި ނުސީދާ ގޮތުގައި ބަލިމީހުންނަށް އެހީތެރިވާ މީހުންނާއި ބަލީގައި ބޮޑުވަރު ވެދާނެ މީހުންނަށް އެހީތެރިވާ މީހުން އަދި ކޮވިޑް ބަލި ޖެހިއްޖެނަމަ ބޮޑުވަރުވެދާނެ މީހުންނަށް އިސްކަންދޭނެ ކަމަށް ވިދާޅުވި އެވެ.
ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، ރާއްޖޭން ބައިވެރިވެފައިވާ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ރާއްޖޭގެ އާބާދީގެ 20 ޕަސެންޓަށް ލިބޭ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ފްރަންޓްލައިން ހެލްތު ހެލްތު އެންޑް ސޯޝަލް ކެއާ ވޯކަރުންނާއި ސޯޝަލް ކެއާ ވޯކަރުންނަށާއި ކޮވިޑް ޖެހިއްޖެނަމަ ބޮޑުވަރުވެދާނެ މީހުންނަށް ކަމަށެވެ.
- - ޑޮކްޓަރުން
- - ނަރުހުން
- - ހެލްތް ކެއާ ވޯކަރުން
- - ލެބް/ އެހެނިހެން ޓެކްނީޝަނުން
- - ރިސެޕްޝަނިސްޓުން
- - ފާމަސިސްޓުން
- - ސާފުކުރާ މީހުން
- - ލޯންޑްރީގައި މަސައްކަތްކުރާ މީހުން
- - ވޭސްޓް ހޭޑްލާސް
- - ޕޭޝަންޓުން އުފުލުމުގައި އުޅޭ މީހުން
- - ސާމްޕަލް ނަގާ މީހުން
- - އާރުއާރުޓީ ޓީމްގައި ހިމެނޭ މީހުން
- - ވެކްސިން ދިނުމުގައި ހަރަކާތްތެރިވާ މީހުން
- - ކޮވިޑް ޕޭޝަންޓުންގެ ކަށުކަމާކެމީގައި އުޅޭ މީހުން
- - ނުކުޅެދުންތެރިކަން ހުންނަ މީހުން
- - ކުޑަކުދިން އަދި ދުވަސްވީ މީހުންނަށް ހިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރާ މީހުން
- - 50 އަހަރާއި 50 އަހަރުން މަތީގެ މީހުން
- - 50 އަހަރުން ދަށުގެ މީހުންގެ ތެރެއިން ރިސްކު ފެކްޓާސް ހުރި މީހުން
- - ކެންސަރަށް ފަރުވާ ހޯދަމުން އަންނަ މީހުން
- - ހަކުރު ބަލި ހުންނަ މީހުން
- - އިސްކޮޅާ އެކަށީގެން ނުވާވަރަށް ބަރުދަން ހުންނަ މީހުން (ބީއެމްއައި 40 އިން މަތީގެ މީހުން)
- - ދިފާއީ ނިޒާމު ބަލި މީހުން
- - ކިޑްނީ ބަލިތައް ހުންނަ މީހުން
- - ފުއްޕާމޭގެ ބަލިތައް ހުންނަ މީހުން
- - ހިތުގެ ބަލިތައް ހުންނަ މީހުން
- - ފުރަމާގެ ބަލިތައް ހުންނަ މީހުން
- - ސްޓްރޯކްގެ ނުރައްކާ ބޮޑު މީހުން
- - ތެލެސީމިއާ، ސިކަލް ސެލް ހުންނަ މީހުން
- - އެނދުމަތި ވެފައިވާ މީހުން
އަސާސީ ހިދުމަތްދޭ މީހުންގެ ތެރެއިން އެންމެ ފުރަތަމަ ވެކްސިން ދޭނެ މީހުންގެ ގޮތުގައި ކަނޑައަޅާފައިވަނީ ޓިޗަރުންނާއި ފުލުހުންނާއި ސިފައިންގެ އިތުރުން ޓްރެވަލް އިންޑަސްޓްރީ އާއި ޓޫރިޒަމް އިންޑަސްޓްރީގެ ފްރަންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނެވެ.
އޭގެ އިތުރުން މޫދުގައި އެއްގަމާއި ކަނޑުގައި އާންމު ދަތުރުފަތުރުގެ ހިދުމަތްދޭ ކުރޫންނާއި ކަރެކްޝަނަލް ފެސިލިޓީސްތަކުގެ މުވައްޒަފުންނާއި އާންމުންނާ ސީދާ ދިމާވާ އޮފީސްތަކާއި އާންމު ތަންތަނުގައި މަސައްކަތްކުރާ ފްރަންޓްލައިން މުވައްޒަފުން އަދި ބޭރަށް ދަތުރުކުރާ މީހުން ވެސް އެ ލިސްޓުގައި ހިމެނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު