މާލޭގެ މަގުމައްޗަށް ވެއްޓިފައި އޮތް ދިވެއްސަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ.
ފުލުހުން ބުނީ، ދެވިނަމަގުގައި މީހަކު ވެއްޓިފައި އޮތްކަމުގެ މައުލޫމާތު މިއަދު މެންދުރު 2:03 އެކާހަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. މަގުމައްޗަށް ވެއްޓިފައި އޮތީ 44 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، އެ މީހާ ވެއްޓިފައި އޮތް ސަރަހައްދަށް ފުލުހުން ގޮސް، ޕޮލިސް ވެހިކަލްގައި އޭނާ އައިޖީއެމްއެޗަށް ގެންދިޔަ ކަމަށެވެ. ނަމަވެސް ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ލިބިފައިވާ ކަމަށް ބުންޏެވެ.
އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު