މާލޭގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާން އަންހެނަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހުގެ ރޭ 10:00 ހާއިރު ދަރުމަވަންތަ ހޮސްޕިޓަލު ކައިރީ ހިނގި އެ އެކްސިޑެންޓުގައި އަނިޔާވި އުމުރުން 24 އަހަރުގެ ދިވެހި އަންހެނަކަށް ފަރުވާދެމުން ދަނިކޮށް މަރުވެފައިވާ ކަމަށެވެ.

އެކްސިޑެންވި ސައިކަލު ދުއްވާފައިވަނީ ލައިސަންސް ނޯންނަ، 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ. އަދި މި އެކްސިޑެންޓުގައި މަރުވި ޒުވާނާއަކީ ސައިކަލުގެ ފަހަތުގައި އިން މީހެއް ކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ބާރު ސްޕީޑުގައި އަމީނީމަގުން ދަރުމަވަންތަ ހޮސްޕިޓަލާ ދިމާ ބޮޑުތަކުރުފާނު މަގަށް ނިކުތް ސައިކަލެއް ކޮންޓްރޯލު ނުވެގެން ދުވާ ޓްރެކް މައްޗަށް އަރައިގެން ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.