ހުޅުމާލޭގެ ބަގީޗާ ހިނގުމުގައި ޕޭވްމަންޓް މަތީގައި ހުރި ހޮޅިދަނޑިއެއްގައި ކާރެއް ޖެހި އެކްސިޑެންޓުވެއްޖެއެވެ.

ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނި ގޮތުގައި، މި ހާދިސާ ހިނގާފައިވާކަމުގެ މައުލޫމާތު އެ އިދާރާއަށް ރިޕޯޓުކޮށްފައިވަނީ ރޭ ފަތިހު 4:33 އެހައިކަންހާއިރުއެވެ.

މި އެކްސިޑެންޓު ހިނގި ވަގުތު ކާރު ދުއްވަން އިނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި ހާދިސާގައި އޭނާއަށް އެކިވަރުގެ އަނިޔާ ލިބިފައިވީ ނަމަވެސް، އެއްވެސް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ކާރު ދުއްވަން އިން މީހާގެ ލައިސަންސް ހިފަހައްޓައިފައެވެ. އަދި މި ހާދިސާ ހިނގަން މެދުވެރި ވި ސަބަބު ދެނެގަތުމަށްޓަކައި، ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.