ފުލުހުން ދުއްވި ސައިކަލެއް އެކްސިޑެންޓުވެ ދެ ފުލަހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ އެ އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލެ އަމީން އެވެނިއު ކައިރީގައި ކަމަށެވެ. އެގޮތުން، އެ މަގުން ދަތުރުކުރި ކާރަކާއި މަގަށް ނުކުތް ސައިކަލެއް ޖެހި އެކްސިޑެންޓުވި އިރު، އަނިޔާވެފައިވަނީ ސައިކަލުގައި ދަތުރުކުރި ފުލުހުންގެ ދެ އޮފިސަރުންނަށް ކަމަށް ފުލުހުން ބުންޏެވެ.
އެ ސަރަހައްދުގައި ހުރި މީހަކު ނަގާފައިވާ ވީޑިއޯއެއް ސޯޝަލް ދައުރުވަމުންދާއިރު، އެކްސިޑެންޓުވުމާ އެކު ދެ ފުލުހުން މަގުމައްޗަށް ވެއްޓިފައިވާ މަންޒަރު ފެނެއެވެ.
އަދި އެތަނަށް އެއްވި އާންމުން އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ މަންޒަރާއި، އަނިޔާވި ފުލުހުންގެ ތެރެއިން އެކަކު ސްޓްރެޗަރެއްގައި އެމްބިއުލާންސަށް އަރުވައިގެން ގެންދާ މަންޒަރުވެސް އެ ވީޑިއޯއިން ފެނެއެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް