ކޮވިޑު ޖެހުނު އިތުރު މީހަކު މަރުވެ، މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 44 އަށް އަރައިފިއެވެ.
"ވަން" އަށް ކަށަވަރުވެފައިވާ ގޮތުގައި މަރުވެފައިވަނީ 52 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ ކޮވިޑު ބަލީގައި ރާއްޖެއިން މަރުވި 44 ވަނަ މީހާއެވެ.
މިއީ މި ބަލީގައި މިއަދު ރާއްޖެއިން މަރުވި ދެވަނަ މީހާއެވެ. މީގެ ކުރިން މިއަދު މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުން އައި އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ މަރުވީ މިއަދު ހެނދުނު 10:45 ގައެވެ. މިއަދުގެ ދެ މަރާއެކު މިމަހުގެ ތެރޭގައި ކޮވިޑް ބަލީގައި ޖުމުލަ ހަ މީހަކު މިވަނީ މަރުވެފައެވެ.
މިހާތަނަށް މި ބަލީގައި މަރުވެފަައިވަނީ 37 ދިވެހިންނާއި ހަތް ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ.
ކޮވިޑްގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިއަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް މީހުންގެ ޖުމުލަ އަދަދު ވަނީ 12،204 އަށް އަރައިފައެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި 249 މީހަކު ތިބި އިރު، ހޮސްޕިޓަލުތަކުގައި 47 މީހަކު އެބަ ތިއްބެވެ. ރާއްޖޭގައި މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 11،289 މީހެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު