ޚަބަރު

ފުޅަދޫ ހޯމް ކަރަންޓީނުގައި ތިބި ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ބ. ފުޅަދޫ ހޯމް ކަރަންޓީނުގައި ތިބި ދެ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

ފުޅަދޫ ސިއްހީ މަރުކަޒުން ބުނީ އެރަށު ހޯމް ކަރަންޓީނުގައި ތިބި ދެ މީހަކު މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ ހުރިހާ ރައްޔިތުން އެކަމަށް ސަމާލުވާން އެދޭ ކަމަށެވެ. އަދި އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް އެ ސެންޓަރުން ބުންޏެވެ.

ފުޅަދޫން ދެ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، އެ އަތޮޅު ދޮންފަނުގައި ވެސް ކޮވިޑް ޖެހިފައިވާ މީހަކު އެބަ ހުއްޓެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިވަގުތު ރާއްޖޭގެ 16 ރަށެއްގައި ކޮވިޑް ޖެހިފައި ތިބި 21 މީހަކު އެބަ ތިއްބެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 12،000 އަށް އަރަން ގާތްވެފައިވާއިރު، މިއަދު ވެސް 39 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި އަތޮޅުތަކުން ހަތް މީހަކު ހިމެނެ އެވެ.