ޕްލޭނިން މިނިސްޓްރީއަށް ކޮންމެވެސް ނުފޫޒެއް އައިސްގެން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް، މާބޮޑު ބުރަދަނެއް ދެވިގެން ބައެއް ދާއިރާތަކުގައި މަސައްކަތް މާ ބާރަށް ދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލިސް ރައީސް މިހެން ވިދާޅުވީ، ރ.ދުވާފަރުގެ މަގުތަކުގެ ފޭސް ދޭއްގެ މަސައްކަތްތައް ބަޖެޓުގައި ނުހިމަނައި ވަނިކޮށް، ބެޖެޓުން ބޭރުން ހަވާލުކޮށްފައިވާކަމަށްވިދާޅުވެ، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާ މިއަދު މަޖިލީހުގައި ކުރެއްވި ސުވާލާގުޅިގެން، ބައެެއް ޕްރޮޖެކްޓްތައް އެމިނިސްޓްރީން ބާރަށް ކުރިއަށް ގެންދާކަމަށް ތުހުމަތު ކުރައްވައި، މެންބަރުން ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.
"މިއަދުގެ ސުވާލާއި ބައެއް މެންބަރުންގެ އިހުސާސްތަކާއި، މިކަންކަން ހަގީގަތުގައި، ގުޅިފައި މިހުރީ ދެ ރަށެއްގެ މައްސަލައެއްގައެއް ނޫން، މެންބަރުންނަށް މި ފެންނަނީ، ވަޒީރުގެ މިނިސްޓްރީ އަށް ކޮންމެސް ނުފޫޒެއް އޮވެގެން ބައެއް މެންބަރުންނަށް މާބޮޑު ބުރަދަނެއް ދެވިގެން، އެ ވެދާނެ އެބޭފުޅުންނަކީ އެކިއެކި ބޭފުޅުންނާއި، އެކިގޮތްގޮތަށް ގާތް ބޭފުޅުންނަށްވެގެން، މިފަދަ ކަންކަންވެގެން މަސައްކަތްތައް ބައެއް ދާއިރާތަކުގައި މާބާރައްދާކަމަށް، ދެން އިއްޒަތްތެރި ވަޒީރު ނޫނެކޭ ވިދާޅުވިއަސް އަޅުގަނޑު، އެކަމާ އެއްބަސްވެ މިހާރު މިހުނަނީ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އެގޮތަށް ތަފާތުކޮށް ކަންކަން ކުރުމަކީ، ވަރަށްބޮޑެތި މައްސަލަތަކެއް ދިމާވާނެ ކަމެއް ކަމަށެވެ. އަދި އެފަދަ ނުފޫޒެއް އޮތްނަމަ ރެކިވަޑައިނުގެން އެކަންކަން ހާމަ ކުރުމަށްވެސް އެދިވަޑައިގެންނެވިއެވެ.
"މިކަންކަމުން އެބަ ސާފުވޭ މީގައި ކަމެއް ޅޭކަން ދެން އަޅުގަނޑުގެ ވާހަކައަކީ ރެކިވަޑަިއނުގަންނަވާށޭ، އެގޮތަށް ޕްރޮޖެކްޓްތައް، ދާއިރާތަކުގައި ކުރިއަށް ގެންދަވަން ފައްޓަވައިފިއްޔާ ވަރަށްބޮޑު އިންބެލެންސް، ވަރަށްބޮޑެތި މައްސލަ އުފެދިގެން އަންނާނެ، އެހެންނުހައްދަވައްޗޭ،" އެމަނިކުފާނު ވިދާޅުވިއެވެ.
މަޖިލިސް ރައީސްގެ ވާހަކަފުޅުގައި އެއްވެސް މިނިސްޓްރީއަކުން އެގޮތަށް މަސައްްކަތް ނުކުރުމަށް ވަނީ އިލްތިމާސް ކުރައްވައިފައެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް