ހދ. ނޮޅިވަންފަރުގައި، 52 އާއިލާއަކަށް އިމާރާތް ކުރަމުން އަންނަ 52 ގޭގެ މަސއްކަތް ނިންމައި، އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި އެ އާއިލާތަކަށް ހަވާލު ކުރެވޭނެ ކަމަށް މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ، މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ނޮޅީވަރަންފަރުގައި އިމާރާތްކުރަމުން އަންނަ 52 ހައުސިން ޔުނިތަކީ، 2011 ވނަ އަހަރު ސަރުކާރުން ހިންގި އެއްފަސް ކުރުމުގެ ޕްރޮގްރާމްގެ ދަށުން ހދ. ފަރިދޫ، ކުބުރުދޫ، އަދި މާވާއިދޫ އިން ނޮޅިވަރަންފަރަށް ބަދަލުވި އާއިލާތަކުގެ ތެރެއިން މިހާތަނަށްވެސް ބޯހިޔާވައިކަން ހަމަޖެހިފައި ނުވާ 52 އާއިލާއަށް އިމާރާތްކުރާ ހައުސިން ޔުނިޓުތަކެކެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު، އެ ހައުސިން ޔުނިޓްތަކާ ބެހޭގޮތުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ އެ ގެތައް ނިިންމައި އަންނަ ޑިސެމްބަރު މަހުގެ ކުރީކޮޅު އެ އާއިލާތަކާއި ގެތައް ހަވާލު ކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން މަސައްކަތް ހުއްޓިފައިވާ 100 ގޭގެ މަސައްކަތް ފެއްޓުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް ހުށަހަޅާފައިވާ ކަމަށާއި އެ ގެތަކުގެ އަމަލީ މަސައްކަތް ފުރަތަމަ ކުއާޓަރުގައި ފެއްޓުމަށް ބީލަމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މުޙައްމަދު އަސްލަމް
މުޙައްމަދު އަސްލަމް
މުޙައްމަދު އަސްލަމް