އެމެރިކާގައި ވޭތުވެދިޔަ 24 ގަޑިއިރުތެރޭ 99،321 ކޭސް ފެނިފައިވާ ކަމަށް އެގައުމުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިއީ ދުނިޔޭގައި މިހާތަނަށް އެއްދުވަސްތެރޭ އެއްގައުމަކުން މިހާ ގިނަ ކޭސް ފެނުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން މިދިޔަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު އިންޑިއާއިން ވަނީ 97،894 ކޭސް ފެނިފައެވެ.
ޖޯންސް ހޮޕްކިންސް އިން ހާމަކޮށްފައިވާ ތަފާސްހިސާބު ތަކުން ދައްކާގޮތުން އެމެރިކާއިން މިހާތަނަށް 9،055،410 ކޭސް ފެނިފައި ވެއެވެ. އަދި މިހާތަނަށް އެގައުމުން 229،818 މީހުން ބަލިޖެހިގެން މަރުވެފައި ވެއެވެ.
އެމެރިކާގެ ކޭސްތައް ކޮންޓްރޯލް ނުވެ ފެތުރެމުންދާއިރު އެގައުމުގައި އަންނަ ހަފްތާގައި އޮންނަ ރިޔާސީ އިންތިހާބުގެ ކަންކަމުގައި ގިނަ ބަޔަކު ހަރަކާތްތެރި ވާނެ ކަމަށް ބެލެވޭ އިރު މިއީ ކޮވިޑްގެ އިތުރު ކޭސްތަކެއް އެގައުމުން ފެނިގެން ދިއުމަށް މަގުފަހި ވާނެ ކަމެއްކަމުގައި ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ