ބެލްޖިއަމްގެ ހާލަތު ގޯސްވެ ގައުމު އެއްކޮށް ލޮކްޑައުން ކޮށްފިއެވެ.
ބެލްޖިއަމްގެ ކޮވިޑްގެ ހާލަތު ބެލެހެއްޓުމުގައި އެންމެ އިސްކޮށް އުޅޭ ސައިންޓިސްޓުންނާއި އޮފިޝަލުން ވަނީ އެގައުމު ދެވަނަ ލޮކްޑައުން އަކަށް ދިއުން ނޫން ގޮތެއް ނެތް ކަމަށް ބުނެފައެވެ. ކޮވިޑް ކޮންޓްރޯލް ކުރުމަށް ބެލްޖިއަމް ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއްވެސް އަޅައިފައެވެ. ނަމަވެސް ފިޔަވަޅުތަކުގެ ނަތީޖާ އެހާ ރަނގަޅު ނޫން ކަމަށް އޮފިޝަލުން ބުނެފައި ވެއެވެ.
ބެލްޖިއަމްގެ ބޮޑު ވަޒީރު އެލެގްޒެންޑާ ޑޮ ކްރޯ ވަނީ އެގައުމުގެ ސަރުކާރަށް އިތުރު އެހެން ގޮތެއް ނެތްކަމަށާއި މިހާރު މިއޮތީ ސިއްހީ ބޮޑު އިމަޖެންސީއަކަށް ވެއްޓިފައިކަމަށް ވިދާޅުވެފައެވެ. ބޮޑުވަޒީރު ވަނީ މިފަހަރު ކުރިޔަށްވުރެ ހަރުކަށި ލޮކްޑައުން އަކަށް ދާނެކަމަށް ވެސް ވިދާޅުވެފައެވެ.
ބެލްޖިއަމް ސަރުކާރުގެ އިސްފަރާތްތަކުން ހަގަޑިއިރުގެ މަޝްވަރާއަކަށްފަހު ވަނީ އަންނަ ހޯމަ ދުވަހުން ފެށިގެން ހަ ހަފްތާއަށް ލޮކްޑައުން ކުރުމަށް ނިންމައިފައެވެ.
ބެލްޖިއަމް އިން ވަނީ ފާއިތިވެދިޔަ ދެހަފްތާތެރޭ 100،000 އަށްވުރެން ގިނަ ކޭސް ފެނިފައެވެ.
ބެލްޖިއަމް އިން ވޭތުވެދިޔަ 24 ގަޑިއިރު 21048 ކޭސް ފެނިފައިވާއިރު 132 މީހުން މިބަލީގައި މަރުވެފައި ވެއެވެ. އެގައުމުން މިހާތަނަށް ކޮވިޑް ޖެހިފައިވާ ޖުމްލަ އަދަދު ވަނީ ހަތަރު ލައްކައާ ގާތްކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ