ޖަރުމަނާއި ފްރާންސުން އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކުރަން އެ ދެގައުމުން ނިންމައިފިއެވެ.
ޖަރުމަނުން ވަނީ އަންނަ މަހުން ފެށިގެން އެގައުމުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރުމަށް ނިންމާފައެވެ. އެގައުމުގެ ޗާންސެލާ އެންޖްލާ މާކެލް ވަނީ އެގައުމުގެ ބާތަކާއި މުނިފޫހިފިލުވާ ތަންތަނުގެ އިތުރުން ހޮޓާތައް ފަދަ ތަންތަުގެ ހަރަކާތްތައް އިތުރަށް ކޮންޓްރޯލްކޮށް، މީހުން އެއްވުން ހުއްޓުވުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ.
ފްރާންސުންވެސް ވަނީ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރަން ޖެހޭކަމަށާއި އެގައުމު އިތުރު ހަތަރު ހަފްތާއަށް ލޮކްޑައުން ކުރަން ނިންމާފައެވެ.
ޔޫރަޕްގެ ގައުމުތަކުގައި ކޮވިޑް ފެތުރޭ ނިސްބަތް އަނެއްކާވެސް އިތުރުވެފައިވާއިރު އީޔޫގެ ސްޕެޝަލް އެޑްވައިޒަރު ޕްރޮފިސާ ޕީޓާ ޕިއޮޓް ވަނީ މިހާރު ޔޫރަޕްގެ ގައުމުތަކުން ދުވާލެއްގެ މައްޗައް ހާހަކަށް ވުރެން ގިނަ މީހުން ބަލިޖެހިގެން މަރުވަމުންދާކަމަށް ވިދާޅުވެފަ އެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ