އަންނަ އަހަރަށް އޮޑިޓް އޮފީހަށް 81.7 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސް ކޮށްފިއެވެ.
އަންނަ އަހަރަށް ލަފާކޮށް އޮޑިޓަރ ޖެނެރަލް އޮފީހަށް ބޭނުންވެގެން ހުށަހެޅި ބަޖެޓް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް، މަޖިލީހަށް ހުށަހެޅި ރިޕޯޓުގައި ހިމަނައިގެން އޮޑިޓާޖެނެރަލް އޮފީހުގެ ބަޖެޓް މަޖިލީހުން މިއަދު ފާސްކުރީ، ޖަލްސާގައި ތިއްބެވި 71 މެންބަރުންގެ ތެރެއިން 54 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
އަންނަ އަހަރަށް ލަފާކޮށް އޮޑިޓާޖެނެރަލްގެ އޮފީހުން މަޖިލީހަށް ހުށަހަޅާފައި ވަނީ، 104.8 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ނަމަވެސް ކޮމިޓީން ބަޖެޓް ދިރާސާ ކުރުމުގެ ތެރޭގައި، އެ ބަޖެޓުން 23.1 މިލިއަން ރުފިޔާ ކޮމިޓީން ވަނީ އުނިކޮށްފައެވެ.
މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައިވާގޮތުން، މި އަހަރުގެ ބަޖެޓުގައި ހުޅުމާލޭގައި އާ އިމާރާތެއްއެޅުމަށް 43.8 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، ކޮންޓްރެކްޓާ ފައިނޭސިން އުސޫލުން އެ މަޝްރޫއަށް ފިނޭންސް މިނިސްޓްރީން ހުއްދަ ދީފައިވާތީ، ކޮމިޓީން ވަނީ އެ އަދަދު 25 މިލިއަން ރުފިޔާއަށް މަދު ކޮށްފައެވެ.
މީގެ އިތުރުން އަންނަ އަހަރަށް އޮޑިޓާޖެނެރަލް އޮފީހުގެ އާ މަގާމުތަކުގެ ގޮތުގައި ހިމަނާފައި އޮތް، ޑިޕިއުޓީ އޮޑިޓާޖެނެރަލްގެ މަގާމާއި ޑިރެކްޓަރުގެ މަގާމު ވެސް ކޮމިޓީން ވަނީ އުނިކޮށްފައެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް