ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ދެވަނަ ބުރުގެ މެޗުތައް ރޭ ފެށިފައިވާއިރު، މެންޗެސްޓާ ސިޓީން ކުޅުނު މެޗު ފަސޭހަކަމާއެކު ކާމިޔާބު ކޮށް، ރެއާލް މެޑްރިޑުން ކުޅުނު މެޗުގެ ފަހު މިނެޓް ކަސަމޭރޯ ޖެހި ގޯލާއެކު އެޓީމު ބަލި ނުވެ ސަލާމަތް ވެއްޖެއެވެ.
ސިޓީން ރޭ ރަށުން ބޭރުގައި މާސޭއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
ގިނަ ދުވަސްތަކެއް ވަންދެން އަނިޔާގައި ހުރުމަށްފަހު އެންމެފަހުން ދެތިން މެޗަކަށް އެނބުރި އައި އާޖެންޓީނާގެ ސިޓީ ފޯވަޑް ސާޖިއޯ އަގުއޭރޯއަށް އަނެއްކާވެސް އަނިޔާވެ، މިހާރު ހުރީ މަހެއް ވަންދެން ކުޅުމާއި ދުރުގައެވެ. އޭނާ ނުލައި ފެށި ނަމަވެސް ސިޓީން ވަނީ މެޗުގެ ކޮންޓްރޯލް ހޯދައި، ރަނގަޅު ކުޅުމެއް ދައްކާފައެވެ.
ސިޓީން މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅުމުގެ ނަތީޖާއެއްގެ ގޮތުން ހާފްގެ ކުރީކޮޅުގައި ލީޑުވެސް ނެގިއެވެ. މެދުތެރެއިން ކެވިން ޑިބްރޭނާގެ ވިސްނުމާއެކު އުފެއްދި ހަމަލާ ގޯލަށް ވައްދާލީ މި ސީޒަންގައި އެ ކްލަބާ ގުޅުނު ސްޕެއިންގެ ޒުވާން ތަރި ފެރާން ޓޯރޭސްއެވެ. ސިޓީން ދެވަނަ ހާފް އަންނަންވާއިރަށް ދެވަނަ ގޯލެއް ޖެހޭތޯ މަސައްކަތް ކުރިނަމަވެސް، އެ މަސައްކަތް ކާމިޔާބުވީ 76 ވަނަ މިނެޓުގައި އިލްކޭ ގުންޑޮގަން ޖެހި ގޯލުންނެވެ. އެ ގޯލަށް ރަހީމް ސްޓާލިން ފުރުސަތު ތަނަވަސް ކޮށްދިންއިރު، ފަހު ގޯލް ޖެހީވެސް އޭނާއެވެ.
މިހާތަނަށް ގްރޫޕް ސްޓޭޖުގައި ސިޓީން ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ހަ ޕޮއިންޓާއެކު އެޓީމު އޮތީ ގްރޫޕް ސީގެ އެއްވަނައިގައެވެ.
ރެއާލްއާއި ބުރޫޝިޔާ މޮންޗެންގްލެޑްބެކް ޖަރުމަނުގައި ކުޅުނު މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގައި ރެއާލްއިން ދެ ގޯލް ޖެހީ ފަހު 10 މިނެޓްގެ ތެރޭގައެވެ. މިދިޔަ ހަފްތާގައި ކުޅުނު އެލްކްލެސިކޯއިން ރެއާލް މޮޅުވެ، ޒިދާންއަށް އުންމީދެއް ލިބިފައިވެއެވެ. އޭގެ ކުރިން ނޫސްތަކުގައި ޒިދާން މަގާމުން ދުރުކުރަން އުޅޭ ކަމަށް ވާހަކަ ދެއްކި ނަމަވެސް، ޒިދާން ވަނީ އެއަށް ރައްދު ދީފައެވެ.
ރެއާލް މެޗުގައި މިންޗެންގްލެޑްބެޗުގެ ގޯލްތައް ޖެހީ ތުރާމްއެވެ. ރެއާލްގެ ގޯލްތައް މެޗުގެ 82 ވަނަ މިނެޓުގައި ޖަހައިދިނީ ކަރިމް ބެންޒެމާއާއި ކަސެމީރޯއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު