ކޮވިޑް 19 އާ ގުޅިގެން ރާއްޖެއަށް ގެންނަން މަސައްކަތްކުރި ވެންޓިލޭޓަރުތައް ގެނައުުގެ ކަންތައްތައް ކުރިއަށްގެންދިޔައީ ޑަބްލިއުއެޗްއޯއިން ލިބުނު މައުލުމާތުގެ އަލީގައި ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީން މިހެން ވިދާޅުވީ، ވެންޓިލޭޓަރުތަކުގެ މައްސަލައިގައި، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ދޮގު ހައްދަވާފައިވާކަމަށް ބުނާ މައްސަލައެއްގައި، ރައްޔިތުންގެ މަޖިލިހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ ސަބް ކޮމިޓީއަށް ހާޒިރުކޮށް އެ ކޮމިޓީގެ މެންބަރުން ކުރައްވަމުން ގެންދަވާ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
އަމީން ވިދާޅުވީ ރާއްޖެއަށް ވވެންޓިލޭޓަރުތައް ގެންނަން ޑަބްލިޔުއެޗްއޯގެ މަންދޫބާއެކު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
އެ މުއާމަލާތްތަކަށް ހިންގާފައިވާ ކަމުގެ ލިއުންތައް ހެލްތު މިނިސްޓްރީގައިވެސް ހުންނާނެ ކަމަށް އަމީން ވިދާޅުވިއެވެ.
އެ މުއާމަލާތްތައް ކުރައްވާފައިވަނީ މިނިސްޓަރުގެ ހައިސިއްޔަތުން ކަމަށާއި އެހެން ކަމުން އެއީ ރަސްމީ މުއާމަލާތްތަކެއް ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
އަމީން އިތުރަށް ވިދާޅުވީ، އޭސީސީން ކުރި ތަހުގީގުގައިވެސް ޑަބްލިޔުއެޗްއޯއާއެކު ކުރިއަށްގެންދިޔަ މަޝްވަރާތަކުގެ ތަފްސީލް ހިއްސާކުރައްވާފައިވާނެ ކަމަށާއި، މިއަދުވެސް އެ މައުލުމާތު ކޮމިޓީއާ ހިއްސާ ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
ކޮމިޓީގައި ހުޅުވާލައިގެން ކުރިއަށްދާ އެ ބައްދަލުވުމެއްގައި ޑަބްލިޔުއެޗްއޯ ފަދަ ޖަމިއްޔާއަކާބެހޭ ގޮތުން ވާހަކަ ނުދެއްކެވޭނެތީ، ކޮމިޓީ ސިއްރު ކޮށްދިނުމަށް އަމީން އެދިވަޑައިގެންނެވިއެވެ.
ނަމަވެސް، މެންބަރުން ވިދާޅުވީ، އާއްމު ކޮށް ހިއްސާ ކުރައްވަން ބޭނުންވާ ވަރަށް މައުލޫމާތު ހިއްސާ ކުރެއްވުމަށްފަހު، އެހެން މައުލޫމާތުތައް ލިއުމުން ކޮމިޓީއަށް ހުށަހެޅުއްވުމުގެ ފުރުސަތު އޮތުމުން، ކޮމިޓީ ސިއްރުނުކޮށް، ހުޅުވާލައިގެން ބައްދަލުވުން ކުރިއަށް ގެންދަން ބޭނުންވާ ކަމަށެވެ.
އެހެންކަމުން އެގޮތަށް ނިން މައި ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންދިޔައެވެ.
އަމީން ވިދާޅުވީ، ވެންޓިލޭޓަރުތައް ހޯދުމުގައި ޑަބްލިޔުއެޗްއޯ މެދުވެރިކުރަން ޖެހުނީ، އޭރު ދުނިޔޭގައި އޮތް ހާލަތާ ގުޅިގެން ދިމާވެފައިވާ ދަތިތަކުގެ ސަބަބުން ކަމަށެވެ. އޭރު ބައެއް ގައުމުތަކުގެ ބޯޑަރުތައް ދިޔައީ ބަންދު ކުރަމުން ކަމަށާއި، އަނެއްބައި ގައުމުތަކުން ގެންދިޔައީ ވެންޓިލޭޓަރު ބޭރުކުރުން މަނާ ކުރަމުން ކަމަށްވެސް ވިދާޅުވިއެވެ. އަދި ޑަބްލިޔުއެޗްއޯއާއެކު ދެކެވުނު ވާހަކަތަކާބެހޭމައުލޫމާތުތައް ހެލްތު މިނިސްޓްރީގެ ކަމާބެހޭ ބޭފުޅުންނާ ހިއްސާކުރައްަވއި، އެ މައުލޫމާތު ބިޑް ކޮމިޓީން ކަށަވަރުކުރުމުގެ މަސައްކަތް ކުރި ކަމުގެ ލިޔެކިއުންތައް އެބަހުރި ކަމަށް ވެސް އަމީން ވިދާޅުވި އެވެ.
އަމީން މިއަދުވެސް ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަލާގައި ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ހެލްތު މިނިސްޓްރީގެ މުވައްޒިފުން މަސައްކަތް ކޮށްފައިވާކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން
ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން
ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން
ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން