ކޮވިޑް 19

ފިނިކުރި މަސް ޕެކެޓެއްގެ ބޭރުން ކޮވިޑް ވައިރަސް ފެނިއްޖެ

މުހައްމަދު އައުޒަމް

ފިނިކުރި މަސް ޕެކެޓެއްގެ ބޭރުން ކޮވިޑް ވައިރަސް ފެނިއްޖެއެވެ.

މަސް ޕެކެޓެއްގެ ބޭރުން ވައިރަސް ފެނިފައިވަނީ ޗައިނާއިންނެވެ.

ޗައިނާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި، އެގައުމުގެ ޕޯޓް ސިޓީ ޝިންޑާއޯ އިން ފެނިފައިވަނީ ކޮރޯނާގެ ދިރިހުރި ވައިރަސް އެކެވެ.

ޗައިނާގެ ޑިޒީސް ކޮންޓްރޯލް ޕްރެވެންޝަން އިން ނެރެފައިވާ ބަޔާނެއްގައި ވަނީ މިއީ މުޅި ދުނިޔެއިން ވެސް ޕެކޭޖެއްގެ ބޭރުން ކޮވިޑްގެ ދިރި ހުރި ވައިރަސް ފެނިފައިވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްފައެވެ.

ދާދި ފަހުން ޗައިނާގެ ޝިންޑާއޯ އިން ކޮވިޑްގެ ކްލަސްޓާއެއް ފެނިގެން އެސިޓީގެ 11 މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑަށް ޓެސްޓު ކޮށްފައި ވެއެވެ. ނަމަވެސް އިތުރު ޕޮޒިޓިވް ކޭހެއް ފެނިފައެއް ނުވެއެވެ.

މިދިޔަ ޖުލައި މަހު ޗައިނާއިން ވަނީ ފިނިކޮށްފައި ހުންނަ ޝްރިމްޕް އެގައުމަށް އެތެރެކުރުން މަނާ ކޮށްފައެވެ. އެފަހަރުވަނީ ޝްރިމްޕް ޕެކެޓެއްގެ އެތެރެއިން ކޮވިޑްގެ ވައިރަސް ފެނިފައެވެ.