ދުނިޔެ

އިންޑޮނީޝިއާގައި ކޮވިޑް ޖެހިގެން 136 ޑޮކްޓަރުން މަރުވެފައިވޭ

މުހައްމަދު އައުޒަމް

ކޮވިޑް ޖެހިގެން އިންޑޮނޭޝިއާ އިން 136 ޑޮކްޓަރުން މަރުވެފައިވާކަމަށް އެގައުމުގެ ޑޮކްޓަރުންނާ ބެހޭ އެސޯސިއޭޝަން އިން ބުނެފިއެވެ.

އިންޑޮނޭޝިއަން ޑޮކްޓާސް އެސޯސިއޭޝަން އިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިމަހުގެ މިހާތަނަށް އެކަނިވެސް ހަ ޑޮކްޓަރުން ކޮވިޑް ޖެހިގެން މަރުވެފައި ވެއެވެ.

އެގައުމުން އެންމެ ގިނަ ޑޮކްޓަރުން މަރުވެފައިވަނީ އިރުމަތީ ޖާވާ ސަރަހައްދުންނެވެ. އެސަރަހައްދުން މިހާތަނަށް 32 ޑޮކްޓަރުން މަރުވެފައިވާކަމަށް އެއެސޯސިއޭޝަން އިން ބުނެއެވެ.

މިފަދަ ދަނޑިވަޅެއްގައި ސިއްހީ ދާއިރާގެ އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާ ގިނަ ބަޔަކު މަރުވެ ދިއުމުން މިއީ ނުރައްކާތެރި ރަނގަބީލެއްގެ ގޮތުގައި އެއެސޯސިއޭޝަން އިން ފާހަގަކޮށްފައި ވެއެވެ.

އިންޑޮނޭޝިއާގެ އިތުރުން އެހެން ބައެއް ގައުމުތަކުގައި ވެސް ކޮވިޑް ޖެހިގެން ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުން އަދި ސިއްހީ އެހީތެރީން ވަނީ މަރުވެފަ އެވެ. ކޮވިޑަށް ވެކްސިންއެއް ހޯދުމަށް މުޅި ދުނިޔެ ރެޔާއި ދުވާލު މަސައްކަތް ކުރަމުން އަންނަ އިރު، ކޮވިޑް ވެކްސިން ދިނުމުގައި އެންމެ ބޮޑު އިސްކަމެއް ހުރިހާ ގައުމެއްގައި ވެސް ދޭން ނިންމާފައި ވަނީ ސިއްހީ ދާއިރާގެ މީހުންނަށެވެ.