ރަޝިޔާއިން އުފެއްދި ދެވަނަ ވެކްސިން ބޭނުން ކުރުމުގެ ހުއްދަދީފިއެވެ.
ރަޝިޔާގެ ވެކްޓާ ސްޓޭޓް ވިރޮލޮޖީ އާއި ސައިބީރިއާގެ ބަޔޯޓެކްނިލޮޖީ ސެންޓަރު ގުޅިގެން ކޮވިޑާ ދެކޮޅަށް އުފެއްދި ވެކްސިން އެޕިވެކްކޮރޯނާ ބޭނުންކުރުމުގެ ހުއްދަ ދީފައިވަނީ ރަޝިޔާގެ ސިއްހީ ވުޒާރާއިންނެވެ.
މި ވެކްސިންގެ ޓެސްޓު މަރުހަލާތައް އަދިވެސް ކުރިޔަށްދާއިރު ވެކްސިން ޖަހާފައިވާ މީހުންގެ ތަހުލީލުތައް ރަނގަޅުކަމަށް އެގައުމުން ވަނީ ބުނެފައެވެ. މި ވެކްސިން އުފެއްދުމުގެ ފުރަތަމަ މަރުހަލާ އަދި ދެވަނަ މަރުހަލާގައިވަނީ 100 މީހުން ބައިވެރިކޮށް ޓެސްޓު ކޮށްފައި ވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޓެސްޓުތަކުގެ ތިން ވަނަ މަރުހަލާގެ މަސައްކަތް ކުރިޔަށް އޮތް އެއްމަސް ދުވަސްތެރޭ ފެށޭނެ ކަމަށް ވެކްސިން އުފައްދާ ޓީމުން ވަނީ ބުނެފައެވެ. އެޓީމުން ވަނީ ތިން ވަނަ މަރުހަލާގައި 30،000 މީހުން މި ވެކްސިން ބޭނުންކުރާނެ ކަމަށްވެސް ބުނެފައެވެ.
އޮގަސްޓްމަހު ރަޝިޔާއިން އުފެއްދި ސްޕުޓްނިކް ވެސް އެ ގައުމުގައި މީހުންގެ ގަޔަށް ޖެހުމުގެ ހުއްދަ ވަނީ ދީފަ އެވެ.
ވެކްސިން
ވެކްސިން
ވެކްސިން