ކޮންމެ ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މެންބަރުން ވަކިން ތިއްބަވާގޮތަށް، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެންބަރުން ތިއްބަވާ ތަރުތީބަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީން ފާސްކޮށްފިއެވެ.
މަޖިލިސް ޖަލްސާގައި މެންބަރުން ތިއްބަވާ ތަރުތީބަށް ބަދަލު ގެނައުމަށް، މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގެންނެވުމަށް އާއްމު ކޮމިޓީގައި ކުރިއަށް ގެންދިޔަ ބަހުސްގައި ދެގޮތަކަށް ބަދަލު ގެނައުމަށް މެންބަރުން ވާހަކަ ދެއްކެވިއެވެ.
އޭގެ ތެރެއިން އެއްްގޮތަކީ ޕާޓީތައް ވަކިން ޖަލްސާގައި ތިބެން ޖެހޭގޮތަށް ބަދލަލު ގެނައުމެވެ. އަނެއް ގޮތަކީ، ހާ ށަވިޔަނީގެ ތަރުތީބުން އއ. އަތޮޅުން ފެށިގެން ސ. އަތޮޅާ ހަމައަށް ގެންނަ ތަރުތީބުން ގޮނޑިތައް އަތުރައިގެން ބަދަލު ގެނައުމެވެ.
އެ ދެގޮތަށް މެންބަރުން ބަހުސްކުރެއްވުމަށްފަހު، މެންބަރުން ފާސްކުރެއްވީ ކޮންމެ ސިޔާސީ ޕާޓީއަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވަކިން ތިއްބަވާ ގޮތަށެވެ. ހަމަ އެގޮތަށް އަމިއްލަ މެންބަރުންވެސް ވަކިން ތިއްބަވާ ގޮތަށެވެ.
ނަމަވެސް އެ ޕާޓީއަކަށް ކަނޑައަޅާފައިވާ ގޮނޑިތަކުގައި މެންބަރުން ތިއްބަވާ ތަރުތީބު ކަނޑައަޅުއްވާނީ އެ ޕާޓީއެއްގެ ޕާލަމެންޓްރީ ގްރޫޕަކުން ކަމަށްވެސް ކޮމިޓީން ވަނީ ނިންމައިފައެވެ.
އާއްމު ކޮމިޓީން އެ މަސައްކަތް ނިންމުމަށްފަހު، އެކަމަށް މަޖިލީހުން ގޮތެއް ފާސް ކުރުމަށް، އެކަމާބެހޭ ރިޕޯޓު މިހާރު ވަނީ މަޖިލީހަށް ފޮނުވައިފައެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް