އަމިއްލަ ބޭނުމަށް އެއް ބާވަތެއްގެ އެއް އުޅަނދަށް ވުރެ ގިނައިން ގެންނަ ކޮންމެ އުޅަނދަކަށް އޯނަޝިޕް ފީ ދައްކަންޖެހޭ ގޮތަށް އެއްގަމު ދަތުރުފަތުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން މަޖިލީހަށް ބިލް ފޮނުވައިފިއެވެ.
މުޅިން އާ ގާނޫނެއްގެ ގޮތުގައި މިދިޔަ ސެޕްޓެމްބަރު މަހުގެ 31 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައި އޮކްޓޯބަރު އެކެއްގައި އަމަލު ކުރަން ފެށި ގާނޫނަށް ސަރުކާރުން ފޮނުވާފައިވާ އިސްލާހުގައި ބުނަނީ، މާލެ ސަރަހައްދުގައި އަމިއްލަ ފަރުދެއްގެ ނަމުގައި ނުވަތަ ގާނޫނީ ޝަހްސެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ އެއް ބާވަތެއްގެ އުޅަނދުގެ އަދަދު އެކަކަށްވުރެ އިތުރުވާނަމަ، އެފަދައިން އިތުރުވާ ކޮންމެ އުޅަނދެއްގެ ރަޖިސްޓްރީ ދެމެހެއްޓުމަށްޓަކައި، މި ގާނޫނުގެ ޖަދުވަލު ދޭއްގައިވާގޮތުގެ މަތިން މަލްޓިޕަލް ވެހިކަލް އޯނާޝިޕް ފީއެއް އުޅަނދުގެ ވެރިފަރާތުން ދައްކަން ޖެހޭނެ ކަމަށެވެ.
ގާނޫނުގައި މިހާރު އޮންނަނީ، އަމިއްލަ ބޭނުމަށް އެއް ބާވަތެއްގެ އެއް ވެހިކަލަށްވުރެ ގިނައިން ނުވަތަ ދެ ބާވަތަކުން އިންޖީނުލީ ދެ އުޅަނދަށްވުރެ އިތުރަށް ވެހިކަލް ރަޖިސްޓަރީ ކުރާ ނަމަ، މަލްޓިޕަލް އޯނާޝިޕް ފީގެ ނަމުގައި އިތުރު ފީއެއް ނަގާނެ ކަމަށެވެ.
ގްރޭޓާ މާލޭ ސަރަހައްދުގައި ދުއްވޭނެ އެއްގަމު އުޅަނދުފަހަރުގެ އުމުރު ކަނޑައަޅަން އެއްގަމު ދަތުރުފަތުރުގެ، ގާނޫނުގައި ހިމަނާފައިވާގޮތަށް ބަދަލުކޮށް، އެއްގަމު އުޅަނދު ދުއްވޭނީ، އުފެއްދި ތާރީހުން ފެށިގެން 25 އަހަރު ދުވަހަށް ކަމަށް ކަނޑައަޅަން ވެސް ބިލުގައި ވަނީ ހިމަނައިފައެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް