އައްޑޫ ޕޮލިސް އެކަޑަމީން ޕޮޒިޓިވްވި މީހުން ކަރަންޓީނުގެ އަމުރާ ހިލާފުވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އައްޑޫގައި އަޅާ ޕޮލިސް އެކަޑަމީގެ މަސައްކަތަށް ކޮޗިން އިން އައި މީހުންގެ ތެރެއިން އެކަކު އަދި އެކެޑަމީގައި މަސައްކަތްކުރާ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު އެ ކްލަސްޓާއިން ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު މިވަނީ 56 އަށް އަރައިފައެވެ.
ޑރ. ނަޒްލާ ވިދާޅުވީ، އެ އެކެޑެމީގެ މަސައްކަތަށް އައި މީހުންގެ ތެރެއިން ކަރަންޓީންގައި ތިބި 128 މީހުންގެ އިތުރުން އެހެން ދުވަހަކު އައްޑޫއަށް އެކުންފުނީގެ އަށް މީހުން އައިސްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން އެކަކު ޕޮޒިޓިވްވެފައިވާ ކަމަށާއި ދެން ޕޮޒިޓިވްވެފައިވަނީ އެ އެކެޑެމީގައި މަސައްކަތް ކުރާ މީހެއް ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ އެކެޑެމީން ޕޮޒިޓިވްވި އެ މީހާއަކީ ކަރަންޓީނުގައި ތިބި މީހުންގެ ސައިޓަށް ގޮސްފައިވާ މީހެއް ކަމަށް މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
"ކަރަންޓީންގެ އުސޫލުތަކާވެސް ހިލާފުވެފައިވާކަމަށް މި ފާހަގަކުރެނީ. އެއީ ކަރަންޓީންގައި ތިބި މީހުން ކައިރިއަށް އެހެން މީހަކު އެމީހުންގެ ވޯކް ސައިޓުންވެސް އައިސްފައިވާ ކަމަށް. އަޅުގަނޑުމެން މިވާހަކަ ވާނީ ޕޮލިހަށްވެސް ރެފާކޮށްފައި،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޕޮލިސް އެކެޑެމީން މިހާތަނަށް ޕޮޒިޓިވް ވެފައިވަނީ ކަރަންޓީނުގައި ތިބި މީހުންނާއި އެމީހުންނާ ލިންކެއް އޮތް މީހުން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު