އައްޑޫ ސިޓީގައި މަސްތުވާތަކެއްޗާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ހިންގަމުން އަންނަ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
އެކަން ހާމަކުރައްވައި ސީޕީ މިއަދު ކުރެއްވި ޓުވީޓެއްގައި އެ އޮޕަރޭޝަންގެ މާބޮޑު ތަފްސީލެއް ނުދެއްވަ އެވެ. ވިދާޅުވީ، އެ އޮޕަރޭޝަންގެ ދަށުން ގިނަ ބަޔަކު ހައްޔަރުކޮށް، ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.
އެ އޮޕަރޭޝަނަކީ ޑުރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ޔުނިޓާއި ޑިވިޝަނަލް އިންޓެލިޖެންސް ޑިޕާޓްމަންޓާއި މެރިން ޕޮލިސް އަދި ސައުތް ޕޮލިސް ޑިވިޝަން ގުޅިގެން ހިންގާ އޮޕަރޭޝަނެއް ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި އޮޕަރޭޝަންގައި އަތުލައިގެންފައިވަނީ ކަނޑުމަގުން އައްޑޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބައެކެވެ. ނަމަވެސް އޮޕަރޭޝަން އަދިވެސް ކުރިއަށްދާތީ، ހައްޔަރުކުރި މީހުންގެ އަދަދެއް އަދި އަތުލައިގަތީ ކިހާ އަދަދެއްގެ މަސްތުވާތަކެއްޗެއް ކަމެއް އަދި ނޭނގެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު