ފަނަރަ މިނެޓު ތެރޭގައި ކޮވިޑުގެ ނަތީޖާ ލިބޭ ގޮތަށް އެމެރިކާގެ އެބޮޓް ކުންފުނިން ތައްޔާރު ކުރި "ބައިނެކްސްނައު ކޮވިޑް 19 އޭޖީ ކާޑު" ރާއްޖެއަށް ތައާރަފުކުރި ނަމަވެސް އޭގެ ބޭނުންކުރުމުގެ ހުއްދަ އަދި ދީފައި ނުވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
މި ޓެސްޓު ކިޓް ރާއްޖެއަށް ތައާރަފު ކޮށްފައިވަނީ އެބޮޓްގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ މެޑްޓެކުންނެވެ.
ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން "ވަން" އަށް މިއަދު ވިދާޅުވީ އެ ޓެސްޓު ކިޓްތައް ބަލައިދިނުމަށް އެދި އެ ކުންފުނިން ފޮނުވާފައިވާ ކަމަށެވެ. އަދި ހުއްދަ ދިނުމުގެ ކުރިން ބަލަން ޖެހޭ ކަންކަން ބެލުމަށް ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގް)އާ އެ ޓެސްޓު ކިޓް ހިއްސާކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ކްރެޑިޓް ކާޑެއްގެ ސައިޒާ ދާދި އެއް ސައިޒަކަށް ހުންނަ އޭޖީ ކާޑު ބޭނުންކޮށްގެން 15 މިނެޓު ތެރޭގައި ކޮވިޑް ޖެހިފައިވާކަން ނުވަތަ ނޫންކަން އެނގިގެންދާއިރު އެބޮޓުން ބުނީ މި ޓެސްޓުގެ ސެންސިޓިވިޓީއަކީ 97.1 ޕަސެންޓް ކަމަށެވެ. އަދި ސްޕެސިފިޓީއަކީ 98.5 ޕަސެންޓެވެ. އަދި މި ޓެސްޓް ކިޓް އެމެރިކާ އާއި ޔޫރަޕުން މިހާރު ވެސް އަންނަނީ ބޭނުން ކުރަމުންނެވެ.
ކޮވިޑް 19
ކޮވިޑް 19
ކޮވިޑް 19