ކޮވިޑް19 އާ ގުޅިގެން ބީއެމްއެލް މެދުވެރިކޮށް 375 ވިޔަފާރިއަކަށް ޖުމުލަ 530 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ބީއެމްއެލް މެދުވެރިކޮށް ވިޔަފާރިތަކަށް 7.5 މިލިއަން ޑޮލަރު ވެސް ލޯނުގެ ގޮތުގައި ވަނީ ދޫކޮށްފަ އެވެ. އެއީ މިމަހުގެ 18 ވަނަ ދުވަހާ ހަމައަށް ވެސް ދޫކޮށްފައިވާ ކަމަށް ތަފާސްހިސާބުން ފެންނަން އޮތް އަދަދެވެ.
ބީއެމްއެލް މެދުވެރިކޮށް ދޫކުރާ ލޯނަށް އެދި 567 ވިޔަފާރިއަކުން ވަނީ ހުށަހަޅައިފަ އެވެ. މިހާތަނަށް 407 ވިޔަފާރިއަކަށް ލޯނު ދޫކުރަން އެޕްރޫވް ކޮށްފައިވާއިރު ރިޖެކްޓް ކޮށްފައިވަނީ 16 ހުށަހެޅުމެކެވެ.
ބީއެމްއެލުން ފައިސާ ދޫކުރުމަށް ހަމަޖައްސާފައިވަނީ ރިސޯޓްތަކާއި އަހަރެއްގެ މައްޗަށް ޓާންއޯވާގެ ގޮތުގައި ދިހަ މިލިއަނަށްވުރެ މަތީ އަދަދެއް ލިބިފައިވާ ވިޔަފާރިތަކަށެވެ.
މި ލޯނު ދޫކުރާއިރު ދިވެހި އޯނާޝިޕްގެ ނިސްބަތަށާއި މުވައްޒަފުންގެ ތެރޭގައި ދިވެހި މުވައްޒަފުންގެ ނިސްބަތަށް ބަލާނެއެވެ. އެގޮތުން 45 ޕަސެންޓް ނުވަތަ އެއަށްވުރެ މަތިން ދިވެހި މުވައްޒަފުން ގެންގުޅޭ ނަމަ ލޯނު ދޫކުރުމުގައި އިސްކަން ދޭނެ ކަމަށް ފިނޭންސުން ބުނެފައިވެއެވެ.
ކޮވިޑް ރިކަވަރީ ސްކީމުގެ ދަށުން ބީއެމްއެލުން ރިސޯޓުތަކަށް 7.7 މިލިއަން ރުފިޔާ އާ ހަމައަށް ލޯނު ދޫކުރާ އިރު ރިސޯޓު ނޫން ވިޔަފާރިތަކަށް އެއް މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރެ އެވެ. މި ލޯނަކީ ހަ ޕަސެންޓް އިންޓަރެސްޓް ރޭޓުގައި ހަ މަސް ދުވަހުގެ ގްރޭސް ޕީރަޑަކާއެކު ތިން އަހަރުން ދައްކާ ގޮތަށް ދޫކުރާ ލޯނެކެވެ.
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް