ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ފުވައްމުލަކު ސިޓީގެ އެއާޕޯޓް ސަރަހައްދުގައި އާ އޭޓީއެމްއެއް މިއަދު ހުޅުވައިފިއެވެ.

ބީއެމްއެލުން މިއަދު ބުނީ މިއީ ފުވައްމުލަކު ސިޓީގައި ގާއިމްކުރި ހަތަރު ވަނަ އޭޓީއެމް ކަމަށެވެ. ބީއެމްއެލްއިން ބުނީ، މާލެއާއި އަތޮޅުތަކުގައި އޭޓީއެމް ހިދުމަތް ބޭނުންކުރަމުންދާ މިންވަރު އިތުރުވުމަކީ ރައްޔިތުން މިކަން ބަލައިގެންފައިވާ މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށެވެ.

މިދިޔަ އަހަރުގެ ތެރޭގައި ބީއެމްއެލްއިންވަނީ ފުވައްމުލަކުގައި ޑޮލަރު އޭޓީއެމްއެއްވެސް ހުޅުވައިފައެވެ.