ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.
އެޗްޑީސީން އިއްޔެ ބުނީ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް މިއަދު ހުޅުމާލެ ޖެޓީ ސަރަހައްދުގައި މަސްރޭސް ކުރިއަށް ގެންދާނެ ކަމަށެވެ. މިއީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ހަރަކާތެއްކަމަށް އެޗްޑީސީން ބުންޏެވެ. މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަދުގެ 13:00ގައި ކަމަށާއި، މަސްރޭސް ނިންމާ ގަޑިއަކީ 21:00 ކަމަށް އެޗްޑީސީން ބުންޏެވެ.
މާދަމާ ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ހުރިހާ ރަށެއް ހިމެނޭ ގޮތަށް އެ ދުވަހުގެ 9:00 ގައި "އެންމެން މޫދަށް" ގެ ނަމުގައި މޫދުގެ އެކި ކުޅިވަރުތަކާއި، އެކި ހަރަކާތްތައް ކުރިއަށް ގެންދާނެކަމަށް އެޗްޑީސީން ބުންޏެވެ.
މީގެ އިތުރުން، "ޑިސްކަވާ ބަބުލް" ޕްރޮގްރާމުގެ ނަމުގައި ހުޅުމާލެ ބީޗްގައި މާދަމާގެ ހެނދުނު 9:00 އިން 11:00 އަށް އުމުރުން 10 އަހަރާއި 16 އަހަރާދެމެދުގެ ކުދިން ބައިވެރިވެވޭނެ ޑައިވް ހަރަކާތެއް ކުރިއަށް ގެންދަން ރާވާފައިވާކަމަށް އެޗްޑީސީން ބުންޏެވެ.
އަދި "މޫދު ފެސްޓް"ގެ ނަމުގައި ހުޅުމާލެ ފޭސް އެެކެއްގެ ދިރާގު ބީޗްގައި ކުރިއަށް ގެންދާ ފެސްޓިވަލް އެެއް ކުރިއަށް ގެންދާނެ ކަމަށާއި، މި ފެސްޓް ކުރިއަށް ދާނީ 13:00 އިން 18:00 އަށްކަމަށް އެޗްޑީސީން ބުންޏެވެ.
މި ފެސްޓުގައި މުރަކަ އިންދުމުގެ ހަރަކާތްތަކާއި ފުޑް ސްޓޯލްސް، އާޓް އެންޑް ކްރާފްޓް، ފޭސް ޕެއިންޓިން، އަދި މި ނޫނަސް ކުޑަކުދިންނާ ގުޅޭ ގިނަ ގޭމްތައް ހިމެނޭނެކަމަށް އެޗްޑީސީން ބުންޏެވެ.
މި އިވެންޓްތަކުގައި ބައިވެރިވާ އިދާރާތަކުގެ ތެރޭގައި އެގްރިކަލްޗާ މިނިސްޓްރީ، ބޭންކް އޮފް މޯލްޑިވްސް، ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) އަދި މިފްކޯ ހިމެނެއެވެ.
ފާތިމަތު ލިއުޝާ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
ކޮމެންޓް