ސްވިޒަލޭންޑްގެ އެޑެލްވައިސް އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފަށައިފި އެވެ.
އެޑެލްވައިސް އިން ރާއްޖެއަށް ކުރި ދަތުރުތައް ކޮވިޑް 19އާ ގުޅިގެން މެދުކަނޑާލާފައި އޮތުމަށްފަހު އެ ދަތުރުތައް އަލުން ފެށީ އިއްޔެ އެވެ. އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމާއެކު ޒިއުރިކް އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއޭއައި) އާ ދެމެދު ހަފުތާއަކު ދެ ފްލައިޓު ބާއްވަން ވަނީ ހަމަޖައްސައިފައެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގައި ސްވިޒަލޭންޑަކީ މުހިންމު މާކެޓެކެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމުތަކުގެ ތެރޭގައިވެސް ސްވިޒަލޭންޑް ހިމެނެއެވެ. މިއަހަރުގެ ތެރޭގައިވެސް އެގައުމުގެ 9،000 ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.
ކޮވިޑް 19އާ ގުޅިގެން ތިން މަހެއްހާ ދުވަހު ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު، ރާއްޖޭގެ ބޯޑަރު ހުޅުވައި ފަތުރުވެރިން ގެންނަން ފަށާފައިވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް