މާލެ ސިޓީ ސްކޫލުތަކުގެ ގްރޭޑް 9، 10، 11، 12ގެ ކިޔެވުން އަންނަ މަހުގެ ހަތަރެއްގައި ފެށުމަށް ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ، އަންނަ އޮކްޓޯބަރު މަހުގެ ހަތަރަކުން ފެށިގެން މާލޭ ސިޓީގެ ސްކޫލުތަކުގައި ކީ ސްޓޭޖް ހަތަރަކާއި، ފަހެއްގެ (ގްރޭޑް 9-12 އަށް) ދަރިވަރުންގެ ކިޔެވުން ފެށުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތަށް ނިންމީ ކޮވިޑް 19ގެ މިހާރު އޮތް ހާލަތަށް ރިއާޔަތްކޮށް، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ލަފާގެ މަތީން ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ކޮވިޑާ ގުޅިގެން ސްކޫލްތައް ބަންދުކުރީ މިއަހަރުގެ މާޗް މަހުގެ ކުރީކޮޅުގައެވެ. ނަމަވެސް ކިޔެވުން މެދުނުކެނޑި ކުރިއަށްގެންދިއުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޓީވީތައް މެދުވެރިކޮށް ޓެލިކިލާސްތަކާއި އޮންލައިން ގޫގުލް ކުލާސްތައް ކުރިއަށް ގެންގޮސްފައެވެ.
އެއަށްފަހު ނިއު ނޯމަލާއެކު ޖުލައި އެކަކުން ފެށިގެން ކޮވިޑް ނެތް ރަށްރަށުގެ ސްކޫލްތަކުގެ ހުރިހާ ގުރޭޑެއްގެ ކިޔެވުން ފެށިއެވެ. ނަމަވެސް ނިއު ނޯމަލްގައި މާލޭ ސިޓީ ސްކޫލްތަކުގައި ކިޔަވައިދޭން ފެށީ ހަމައެކަނި ގްރޭޑް 9 އިން މަތީގެ ދަރިވަރުންނަށެވެ.
އެއަށްފަހު މާލެ ތެރެއަށް ހަލުވިކަމާއެކު ކޮވިޑް ފެތުރެން ފެށުމާއެކު މިޑް ޓާމް ޗުއްޓީއަށް ބަންދު ކުރުމަށްފަހު، ސްކޫލްތަކުގައި ކިޔަވައިދިނުން ހުއްޓާލައި، ދަރިވަރުންނަށް އޮންލައިންކޮށް ކިޔަވައިދޭން ފެށިއެވެ.
މާލޭ ސިޓިގެ ސްކޫލްތަކުގައި ކިޔަވައިދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައި މިވަނީ، ކޮވިޑް ކޭސްތައް މަދުވާން ފަށާފައިވާ ދަނޑިވަޅެއްގައެވެ. މިދިޔަ މަހު ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދު 100 އިން މަތީގައި އުޅުނު ނަމަވެސް، މިމަހުން ފެށިގެން މިމަހުން ފެށިގެން ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދު އުޅެނީ އެވްރެޖްކޮށް 100 އިން ދަށުގައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު