ގދ. ތިނަދޫ ހޯމް ކަރަންޓީނުގައި ހުރި ކުޑަކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ ވެއްޖެ އެވެ.
ތިނަދޫގައި ހުންނަ ޑރ. އަބަދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ އެރަށު ހޯމް ކަރަންޓީނުގައި ހުރި ނުވަ އަހަރުގެ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެކުއްޖާ ޕޮޒިޓިވް ވެފައިވަނީ ކަރަންޓީން މުއްދަތު ނިންމުމަށްފަހު ނެގި ރިލީސް ސާމްޕަލުން ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.
އެ ހޮސްޕިޓަލުން އިތުރަށް ބުނީ، ހޯމް ކަރަންޓީންގައި ހުރި މީހެއް ކޮވިޑަށް ފައްސިވެފައިވާތީ، އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހުރިހާ ފަރާތްތަކުން ވެސް ކަރަންޓީން އުސޫލުތަކަށް އަމަލުކުރުމަށް އެދޭ ކަމަށެވެ.
ތިނަދޫ ހޯމް ކަރަންޓީނުގައި ހުރި ކުޑަކުއްޖަކު މިއަދު ޕޮޒިޓިވް ވެފައިވާއިރު، މިމަހު ކުރީކޮޅު ވެސް ވަނީ އެރަށު ހޯމް ކަރަންޓީނުގައި ހުރި މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. ނަމަވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އިއްޔެއާ ހަމައަށް އެރަށުގައި ކޮވިޑް ޖެހިފައިވާ މީހަކު ނެތެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު