ދައުލަތުގެ މާލިއްޔަތާ ގުޅުންހުރި ޖިނާއީ ބޮޑެތި މައްސަލަތަކުގައި (ކާފީ ހެކި ހުރިނަމަ) ނަސޭހަތް ދީ، އިއުތިރާފުގެ އެއްބަސްވުން ހެދުމުގެ ބާރެއް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ލިބިގެން ނުވާ ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ހައިލަމް މިހެން ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާ ހިލާފުވުމުގެ ކުށުގެ ދައުވާއަށް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ކުރީގެ އިސްވެރިޔާ އިބްރާހީމް އާތިފް ޝަކޫރު ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް އެކުލަވައިލުމަށް ހުށަހެޅުއްވުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ހައިލަމް ވިދާޅުވީ ނަސޭހަތުގެ އެއްބަސްވުމާއި އިއުތިރާފުގެ އެއްބަސްވުމަކީ ތަހުގީގުގެ މަރުހަލާގައި ހެދޭ އެއްޗެއް ކަމަށެވެ.
އާތިފްގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ އެމްއެމްޕީއާރުސީން ދައުލަތަށް ވަންނަން ޖެހޭ ފައިސާ އެސްއޯއެފްގެ އެކައުންޓްތަކަށް ޖަމާކޮށް އެ ފައިސާއިން މަނީ ލޯންޑަރިންގެ މުއާމަލާތް ހިންގި އިރު އެކަން ހުއްޓުވަން އިހުމާލު ވި މައްސަލައިގައެވެ.
މިދިޔަ އަންގާރަ ދުވަހު ވަނީ އެމައްސަލައިގެ އަޑުއެހުމެއް ކުރިމިނަލް ކޯޓުގައި ބާއްވައިފައެވެ.
އިބްތިދާއީ އެ އަޑު އެހުމުގައި އާތިފް ވިދާޅުވެފައި ވަނީ ޕީޖީ އޮފީހާއެކު އެއްބަސްވުމަކަށް އައުމަށް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ.
އަހުމަދް ހައިލަމް
އަހުމަދް ހައިލަމް
އަހުމަދް ހައިލަމް