އޮކްސްފޯޑުން އުފެއްދި ވެކްސިންގެ ޓެސްޓުތައް އިންޑިއާގައި ފަށައިފިއެވެ.
ކޮވިޑާ ދެކޮޅަށް އޮކްސްފޯޑް ޔުނިވާސިޓީ އިން އުފެއްދި ވެކްސިންގެ ޓެސްޓުތަކުގެ ފަހު މަރުހަލާ ފަށާފައިވަނީ އިންޑިއާގެ ޕޫނޭގައެވެ.
އޮކްސްފޯޑުން އުފައްދައި އިންޑިއާގެ ސެރަމް އިންސްޓިޓިއުޓްގައި ތައްޔާރުކުރާ މި ވެކްސިން ޓެސްޓުކުރުމަށް މަހާރަސްތަރާގެ ސެސޫމް ޖެނެރަލް ހޮސްޕިޓަލުގައި 150 އެއްހާ ވޮލެންޓިއަރުންގެ ހަށިގަނޑަށް ޖަހައި ތަހުލީލުކުރާނެއެވެ.
އޮކްސްފޯޑްގެ ވެކްސިންގެ ދެވަނަ އަޖުމަބެލުން ވެސް ވަނީ އިންޑިއާގެ ބަހްރީ ވިދްޔާޕީތު މެޑިކަލް ކޮލެޖްގެ އިތުރުން ކެމް ހޮސްޕިޓަލް ގައި ކުރިޔަށް ގެންގޮސްފައެވެ.
އިންޑިއާގެ ސެރަމް އިންސްޓިޓިއުޓް އިންވަނީ އެންޓްރާޒެނެކާ އާއި ގުޅިގެން އޮކްސްފޯޑްގެ ވެކްސިން އުފެއްދުމަށް ވެސް އެއްބަސްވެފައެވެ.
ވެކްސިން
ވެކްސިން
ވެކްސިން