ކާށި ގަނެގެން ހުނި ގާނައި، އޭގެން ކިރުފެލި ދުވަސް މާޒީގެ ތެރެޔަށް ހިނގައްޖެއެވެ. އާދައިގެ ހަނޑުލުން ކާތަކެތި ތައްޔާރުކުރި ދުވަސްވެސް މާޒީ ވެއްޖެއެވެ. ބަތް ކެއްކުމަށް މިއަދު ބޭނުންވަނީ ކޮލިޓީ ރަނގަޅު، ފުށް ބޮޑު، މީރު ހަނޑުލެވެ. ބޭނުންވަނީ ކޮލިޓީ ރަނގަޅު ކާށި ކިރާއި ފަސޭހައިން ހުނި ލިބޭނެ ގޮތްތަކެވެ. ސިއްހީ ގޮތުން ފައިދާ ހުރި އުފެއްދުންތައް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތެކެވެ. މިކަމަށް އޮތް އެންމެ މޮޅު ހައްލަކީ، އެމްވީ އެކްސް ޓްރޭޑިންއެވެ. އެ ކުންފުނިން ފަސޭހަކަމާއެކު، ވޮނޮޕޮބް ތައި ޖޭސްމިން ހަނޑުލާއި ކޮކޯޒިމް އޯގޭނިކް އަދި ކޮކޯޒިމްގެ ނޯމަލް ކާށި ކިރާއި ޑެސިކޭޓަޑް ކޮކޮނަޓް (ކާށި ހުނި) ލިބެން ހުންނާނެއެވެ. އެތަކެތި އޮންލައިންކޮށް "ގޯކާޓް އެޕުން" ފަސޭހަކަމާއެކު ގަނެލެވެން ވެސް ހުންނާނެއެވެ.
އެމްވީ އެކްސްއިން މި ތަކެތި ދިވެހި ބާޒާރަށް ތައާރަފު ކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ މަގުބޫލުކަން އެ ތަކެއްޗަށް ވަނީ ލިބިފައެވެ. ނަތީޖާއަކަށްވީ ނަން މަޝްހޫރު ބޮޑެތި ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓްތަކުގައި ވެސް އެމްވީ އެކްސްގެ ޕްރޮޑަކްޓްތައް ބޭނުން ކުރަން ފެށުމެވެ. އާންމު ރައްޔިތުންގެ ފަރާތުން ހާއްސަކޮށް، ބުރަކޮށް އުޅޭ ގިނަ މީހުންގެ ފަރާތުން މި ތަކެއްޗަށް އޮންނަ ޑިމާންޑް އިތުރެވެ. އެއީ އެކަމުގެ ސަބަބުން އެމީހުންގެ ވަގުތު ސަލާމަތްވުމުގެ އިތުރުން އަނގަޔަށް މީރު، ކޮލިޓީ ރަނގަޅު ތަކެތި ތައްޔާރުކޮށްލެވޭތީއެވެ.
އެމްވީ އެކްސްއިން ވިއްކާ ބާވަތްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކަށް ކަމުގޮސްފައިވާ އެއް ބާވަތަކީ ތައި ޖޭސްމިން ހަނޑުލެވެ. އެ ހަނޑުލަކީ ތާޒާ އަދި ގުދުރަތީ ޖޭސްމީންގެ ވަސް އެކުލެވިގެންވާ 100 ޕަސެންޓް ހުދު ހަނޑުލެކެވެ. ސާފުކޮށް، ޕެކެޓް ކޮށްފައިވާ މި ހަނޑޫ، ބޭނުންކުރުމުގެ ކުރިން ދޮންނަން ނުޖެހޭ އިރު، މި ހަނޑުލުގައި ވިޓަމިން އަދި މިނަރަލްގެ އެތައް މާއްދާއެއް ވެސް އެކުލެވިގެން ވެއެވެ. އެގޮތުން ވިޓަމިން ބީ- ވަން އާއި ވިޓަމިން ބީ-ތުރީ އަދި އަޔަން ހިމެނޭ އިރު، މިއީ ގްލޫޓަން ފްރީ ހަނޑުލެކެވެ. މި ހަނޑޫ އަތް ފޯރާ އަގެއްގައި ލިބެން ހުރި އިރު، އެއް ކިލޯ އަދި ފަސް ކިލޯ ޕެކެޓުގައި ވެސް ލިބެން ހުންނާނެއެވެ.
ކޮކޯޒިމް އޯގެނިކް ކާށި ކިރަކީ ކޯލްޑް-ޕްރެސްގެ ޒަރިއްޔާ އިން ތާޒާ ކާށި ބޭނުންކޮށްގެން އުފައްދާފައިވާ، އޭގެ އަސްލު ރަހަ އާއި ހަކަތައިގެ ބާވަތްތައް ލިބިދޭނެހެން ތައްޔާރު ކޮށްފައިވާ މީރު ކިރެކެވެ. މި ކިރުގައި ކޮލެސްޓްރޯލް ގްލުޓެން އަދި ޑެއިރީ އެކުލެވިގެނެއް ނުވެއެވެ. އެހެންކަމުން މިއީ ބޭނުންކުރުމަށް އެންމެ ކަމުދާ ކާށި ކިރެވެ. ރާއްޖޭގެ ބާޒާރުގައި މިހާރު ލިބެން ހުރި އެންމެ އޮލަ ކާށި ކިރެވެ. މި ކާށި ކިރަކީ ސްމޫތީ، އައިސްކްރީމް، ކޮފީ، ކޮކްޓެއިލް، ސޫޕް، ރިހަ، ސޯސްތައް އަދި ޑެއިރީ މިލްކްގެ ބަދަލުގައިވެސް ބޭނުންކޮށްލަން އެންމެ ކަމުދާ ކިރެވެ.
މިއީ ޕްރިސަވޭޓިވްސް އަދި އާޓިފިޝަލް ކަލާސް އެކުލެވިގެން ނުވާ ކާށި ކިރެވެ. މިއީ އެއްވެސް އުނި އިތުރު ކަމެއް ގެނެސްފައި ނުވާ މީރު ކާށި ކިރެވެ. މި އުފެއްދުމުގައި ވެސް ކޮލެސްޓްރޯލް އަދި ގްލުޓެން އާއި ޑެއިރީ އެކުލެވިގެނެއް ނުވެއެވެ. މިއީވެސް އޮލަ ކިރެކެވެ.
ޑެސިކޭޓަޑް ކާށި ހުންޏަކީ ފްރިޖަށް ލާން ނުޖެހޭ ގޮތަށް ތައްޔާރު ކޮށްފައިވާ މޮޅު ކާށި ހުންޏެކެވެ. އެއް އަހަރު ދުވަހުގެ ޝެލްފް ލައިފްއެއް ހުންނަ މި ކާށި ހުންޏަކީ ހެދިކާ، މަސްހުނި އަދި ހުނިލީ ރޮށި (ޑިސްކް)، ބޯކިބާ އަދި އެނޫންވެސް ކާތަކެތި ތައްޔާރު ކުރަން އެން ކަމުދާ ކާށި ހުންޏެކެވެ. މީގެ އިތުރުން މި ކާށި ހުނިން ތައްޔާރު ކުރެވޭ ކާއެއްޗެހި ކަރު ނުވެ ގިނަ ވަގުތު ހުރެއެވެ.
- އެސްޓީއޯ ޕީޕަލްސް ޗޮއިސް
- ވީބީ މާޓް
- ސޯސަން މާޓް
- ގަންނަ މާޓް
- އައިބިޒް މާޓް
- ފެލިކް އިންވެސްޓްމެންޓް
- ވެގަ ޕޮއިންޓް
- ޔޫނިއަން މާޓް
- ރެޑް ރޮކް
- އެވްކޯ
- ކޮލީގް މާޓް
- އޮލިވް ޓްރީ، ހުޅުމާލެ
- ފަހި ޕްލާޒާ
- ޔޫނިއަން މާޓް އެކްސްޓްރާ، ހުޅުމާލެ
- ހިއްސާ މާޓް، ވިލިމާލެ
- ދޮރާށި ފިހާރަ، ވިލިމާލެ
- ސިކްސް-އޭ/ ކ. ތުލުސްދޫ
- ސީކްރެޓް/ ފުވައްމުލައް ސިޓީ
- ތުޅު/ ށ. ކޮމަންޑޫ
- ފެއިތްފުލް/ރ. އުނގޫފާރު
- ބަލްކް ޑިޕޮޓް / ހުޅުމާލެ
- ބަލްކް ޑިޕޮޓް / ލ. ގަން
- ޒީބާސް ކެފޭ
- ޑޮލްފިން
- ބްލަޑް އޮރެންޖް ބައި ސިޑީޒް ކިޗަން
- ޓިއުލިޕް ކެފޭ އެންޑް ރެސްޓޯރެންޓް
- ހާބްސް/ މަހިބަދޫ
އެމްވީ އެކްސްގެ ޕްރޮޑަކްޓްތައް ބޭނުންކޮށްފައިވާ ފަރާތްތަކުން ބުނަނީ އެއީ ބޭނުން ކުރުމަށް އެންމެ ކަމުދާ ޕްރޮޑަކްޓްތަކެއް ކަމަށެވެ. އަދި އެ ޕްރޮޑަކްޓްތަކުގެ ސަބަބުން ވަގުތު ސަލާމަތްވުމުގެ އިތުރުން، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށްވެސް އެހީވެދޭކަމަށް ގިނަ ބަޔަކު ބުނެއެވެ.
އެމްވީ އެކްސްއިން އަންނަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން ހާއްސަ ގިވްއަވޭ ޕްރޮމޯޝަނެއްވެސް ކުރިއަށް ގެންދަމުންނެވެ. އެމްވީ އެކްސްގެ ސޯޝަލް މީޑިއާގެ ތިން ޕްލެޓްފޯމް ކަމަށްވާ ފޭސްބުކް ޕޭޖަށް ނުވަތަ ޓުވިޓާ އެކައުންޓަށް ނުވަތަ އިންސްޓަގްރާމް އެކައުންޓަށް ލައިކެއް ދިނުމަށްފަހު ޕޭޖުގައިވާ ގިވްއަވޭ ޕޯސްޓުގެ ކޮމެންޓް ސެކްޝަންގައި ތިން ރައްޓެހިން ޓެގްކޮށް، އެ ޕޯސްޓް ޝެއާކުރުމުން އެ ޕްރޮމޯޝަންގައި ބައިވެރި ވެވޭނެއެވެ. ޖުމްލަ ހަތަރު ހަފުތާއަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަންގެ ފުރަތަމަ ތިން ހަފުތާގެ ނަސީބުވެރި ފަރާތްތައްވެސް މިހާރު ވަނީ ހޮވައިފައެވެ. އެ ޕްރޮމޯޝަންގެ ނަސީބުވެރިންނަށް އެމްވީ އެކްސްއިން ވިއްކާ ވޮނޮޕޮބް ތައި ޖޭސްމިން ހަނޑޫ، ކޮކޯޒިމް ކާށި ކިރު (ނޯމަލް)، ކޮކޯޒިމް އޯގެނިކް ކާށި ކިރު، ޑެސިކޭޓަޑް ކޮކޮނަޓް (ކާށި ހުނި) ޕެކެޓެއް ހިމެނޭ ގިފްޓްޕެކްއެއް ލިބިގެންދާނެއެވެ. މި ހަފުތާއަކީ އެ ޕްރޮމޯޝަންގެ އެންމެ ފަހު ހަފުތާކަމުން އެމްވީ އެކްސްގެ އެދުމަކީ ވީހާވެސް ގިނަ ފަރާތްތަކުން އެ ޕްރޮމޯޝަންގައި ބައިވެރިވުމެވެ.
އެމްވީ އެކްސްއިން ބުނީ، އެ ކުންފުނިން ރާއްޖެއަށް ތައާރަފުކޮށްފައިވާ ފުޑް އެންޑް ބެވަރޭޖްގެ ބާވަތްތަކަކީ ދުނިޔޭގެ މާކެޓުގައި މިވަގުތު ލިބެން ހުރި އެންމެ ރަނގަޅު ބާވަތްތައް ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އިތުރު ބާވަތްތައް ރާއްޖެއަށް ތައާރަފުކުރަމުން ގެންދާނެ ކަމަށެވެ.
އެޑްވަޓޯރިއަލް
އެޑްވަޓޯރިއަލް
އެޑްވަޓޯރިއަލް
އެޑްވަޓޯރިއަލް