ތޮއްޖެހިފައިވާ މާލޭގައި، އެތައް ހާސް އެޕާޓްމަންޓަކާއި އެތައް އޮފީހެއް ހުރިއިރު، އެތަންތަނުގެ ސާފުތާހިރުކަން ބެލެހެއްޓުމަކީ ބައެއް ފަހަރު ފަރުވާކުޑަކޮށްލެވޭ ކަމެކެވެ. އެކަމުގެ މައިގަނޑު ސަބަބަކީ، އެކަންކަން ކުރަން ވަގުތު ނެތުމެވެ. ބިޒީ ޝެޑިއުލެއްގައި އެންމެން އުޅޭއިރު، އަމިއްލައަށް އެކަންކަން ކުރަން ޖެހުމުން ގިނަ ފަހަރު ނުކުރެވެނީ އެވެ. ނަމަވެސް މިހާރު އެކަމާ ހާސްވާކަށް ނުޖެހެއެވެ. ގޭބިސީތަކާއި ވިޔަފާރިތަކަށް ފެންވަރު ރަނގަޅު ސާފުކުރުމުގެ ހިދުމަތެއް ފޯރުކޮށްދިނުމަށް 2024 ވަނަ އަހަރު އުފެއްދި ކްލީންކޯއަކީ ފުރިހަމަ ހައްލެކެވެ.

ކްލީންކޯ އިން ވަނީ މަދު ދުވަސްތަކެއްގެ ތެރޭގައި ކަސްޓަމަރުންގެ އިތުބާރު ހޯދައިފައެވެ. އެކަމުގެ އެންމެ ބޮޑު ހެއްކަކީ، ކްލީންކޯގެ ހިދުމަތަށް އޮންނަ ޑިމާންޑް ބޮޑުވުމެވެ. ކޮންމެ ހަފުތާއަކު، އޮފީސްތަކާއި ގެތަކާއި ވިޔަފާރި ތަންތަން ސާފުކުރުމުގެ ހިދުމަތް ކްލީންކޯއިން ދޭއިރު، އެ ހިދުމަތްތައް ފަރުމާކޮށްފައި ވަނީ ތިމާވެށި ސާފުތާހިރުކޮށް، ހިތްފަސޭހަ ގޮތަކަށެވެ.

ހަފްތާއަކު އެއްފަހަރު ސާފުކުރުމުގެ ހިދުމަތްތަކުގެ ތެރޭގައި ފްލޯ ސާފުކުރުމާއި ފަރުނީޗަރާއި އުސް ތަންތަން ސާފުކުރުމާއި ހުރިހާ އުސްތަންތަނެއް ސެނިޓައިޒް ކުރުމާއި ފާހާނާތައް ސާފުކުރުމާއި ބިއްލޫރިތައް ސާފުކުރުމާއި ބެލްކަނި ސާފުކުރުމާއި އެއާ ކޮންޑިޝަން ފިލްޓަރުތައް ސާފުކުރުން ހިމެނެއެވެ.

ކްލީންކޯގެ އެ ހިދުމަތްތަކުގެ ސަބަބުން ސާފުތާހިރުކަން ދެމެހެއްޓުމަށް އެހީތެރިވެދީ، ގޭތެރެއާއި މަސައްކަތުގެ މާހައުލާއި އާންމު ދިރިއުޅުމުގައި ބޭނުންކުރަން ފަސޭހަ އަދި ހިތްފަސޭހަ ތަންތަން ގާއިމުކޮށްދެ އެވެ.

ކަސްޓަމަރުންގެ ހިތްހަމަޖެހުމާއި ތަފުސީލުތަކަށް ސަމާލުކަން ދިނުމަކީ އެ ކުންފުނިން ދޭ ހިދުމަތްތައް އިހުތިޔާރު ކުރާ މައިގަނޑު ސަބަބެކެވެ. ކޮންމެ ސައިޓެއްގައި ވެސް މާކިން ފުރިހަމަ ކުރެވެނީ ހުރިހާ ސަރަހައްދެއް ރަނގަޅަށް ސާފުކޮށް ކްލައިންޓުގެ އުންމީދުތައް ހާސިލު ކުރުމަށްފަހުގަ އެވެ.

ސާފު ކުރުމުގެ މަސައްކަތް ކުރަނީ ތާޒާކަމާއި ހިތްފަސޭހަ ތަންތަން ހެދުމަށެވެ. އެ ކުންފުނީގެ ޝިއާރު ކަމަށްވާ "ކެއަރިން ތްރޫ ކްލީނިން" ގެ ދަށުން ކުރިއަށް ގެންދާ މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ކްލައިންޓުންގެ މާހައުލު ތަޖުރިބާ ކުރާ ގޮތް ދެނެގަނެ، އެ ހިދުމަތުގެ ސަބަބުން އެ މީހުންގެ ހިތްހަމަޖެހުމާއި ދުޅަހެޔޮކަން އިތުރުކޮށްދިނުމެވެ.

ސާވިސް ކޮލިޓީގެ އިތުރުން ކްލީންކޯއިން މަސައްކަތް ކުރަނީ ޕްރޮފެޝަނަލް ކްލީނިން ފަސޭހަ ކޮށްދިނުމަށެވެ.

https://www.facebook.com/reel/870227145577088

ކްލީންކޯއިން ވަނީ ފުރަތަމަ އަހަރު އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު އިތުރުކޮށް، މާލެ، ހުޅުމާލެ އަދި ވިލިނގިލީއަށް ހިދުމަތް ފުޅާކޮށް 350 އަށް ވުރެ ގިނަ ކަސްޓަމަރުންނަށް ހިދުމަތް ދީފަ އެވެ. މި ކުރިއެރުމުން ދައްކުވައިދެނީ ލޯކަލް މާކެޓްގައި ސާފުކުރުމުގެ ހިދުމަތްތަކަށް އޮތް ޑިމާންޑް އިތުރުވުމެވެ.

ކޮލިޓީ ކަށަވަރު ކުރުމަށް އެ ކުންފުނިން ވަނީ އެ ކުންފުނީގެ ކްލީނަރުންނަށް ފުރިހަމަ ތަމްރީނުތަކެއް ދީ، ކޮންމެ މަސައްކަތަކަށް ހާއްސަ ޓޫލްސް ވެސް ފޯރުކޮށްދީފަ އެވެ. ކްލީންކޯ އިން ބޭނުން ކުރަނީ ސާފު ކުރުމަށް ބޭނުންވާ ކެމިކަލް، ޑަސްޓާ އަދި އަންނައުނު ފަދަ ތަކެތި ބޭނުން ކުރާ ގޮތަށެވެ.

ކްލީންކޯގެ ޖެނެރަލް މެނޭޖަރު ޔައިޝް ވިދާޅުވި ގޮތުގައި، އެ ކުންފުންޏަށް އެއް އަހަރުވީއިރު، މިހާރު އެއީ ކަސްޓަމަރުންގެ އިތުބާރު ލިބިފައިވާ ކުންފުންޏެކެވެ.

"މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި، އަޅުގަނޑުމެންނަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބި، ވިޔަފާރިތަކާ އެކު ގިނަ އެއްބަސްވުންތަކުގައި ސޮއިކޮށް، އަޅުގަނޑުމެންގެ ކްލައިންޓުންނާއެކު ވަރުގަދަ ގުޅުމެއް ބަދަހިކޮށް، އަޅުގަނޑުމެންގެ އިންކްރެޑިބަލް ޓީމުގެ އެހީތެރިކަމާއެކު، އަޅުގަނޑުމެންނަށް ވަނީ ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައި" ޔައިޝް ވިދާޅުވިއެވެ.

ޔައިޝް ވިދާޅުވި ގޮތުގައި ކްލީންކޯއަކީ ހަމައެކަނި ވިޔަފާރިއެއް ނޫނެވެ. އެއީ ސާފުކޮށް ބެހެއްޓުމަށް އެހީތެރިވެދޭ ބައެއްވެސް މެއެވެ.

"ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ކުދި ވިޔަފާރިތަކާއި އޮފީސްތަކަށްވެސް އަޅުގަނޑުމެން ދައުވަތު އަރުވަން. އަޅުގަނޑުމެންގެ ހިދުމަތްތަކަކީ ހުރިހާ ކޮމާޝަލް ކްލައިންޓުންނަށްވެސް ހެޔޮ އަގުގައި ފޯރުކޮށްދޭ ހިދުމަތެއް. އަދި ކޮންމެ ބިޒީ ގޭބިސީއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ހިތްވަރު ދެން" ޔައިޝް ވިދާޅުވިއެވެ.

ކްލީންކޯ އިން މިހާރު އަންނަނީ އާ ކަސްޓަމަރުންނަށް ޕްރޮމޯޝަނަލް ޑިސްކައުންޓެއް ވެސް ދެމުންނެވެ. ކްލީންކޯ އިން ވަނީ އެ ކުންފުނީގެ ސަބްސްކްރިޕްޝަން ޕްލޭންތަކުން ފުރަތަމަ މަހު 20 ޕަސެންޓް ޑިސްކައުންޓް ދީފަ އެވެ.

މި ޕްރޮމޯޝަން ފަރުމާކޮށްފައި ވަނީ ކަސްޓަމަރުން ދިގު މުއްދަތަކަށް މަސައްކަތް ކުރުމުގެ ކުރިން ކުޑަ އަގެއްގައި މި ހިދުމަތް ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށެވެ. އެ ކުންފުނިން ބުނާ ގޮތުގައި އެކަމުގެ ސަބަބުން ކްލައިންޓުންނަށް އެ ހިދުމަތުގެ ކޮލިޓީ އިވެލުއޭޓް ކުރެވިގެންދާނެއެވެ.

ކްލީންކޯއިން ބުނި ގޮތުގައި ގިނަ ކަސްޓަމަރުން ފުރަތަމަ ޕްރޮމޯޝަނަލް ޕީރިއަޑަށް ފަހު ވެސް ސަބްސްކްރިޕްޝަން ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ،

ކްލީންކޯއިން އަބަދުވެސް މަސައްކަތްކުރަނީ ކްލަޔަންޓުންނަށް އެންމެ ފުރިހަމަ އަދި އަވަސް ހިދުމަތެއް ފޯރުކޮށްދިނުމަށެވެ.