އެސްޓީއޯ ކޮންސްޓްރަކްޝަންސްގެ މަކިޓާ އައުޓްލެޓުން ރާއްޖެއަށް އަލަށް ގެނައި މަކިޓާ ކޯޑްލެސް ޕޮލިޝަރ ސްކްރަބަރ އަކީ އާންމު ދިރިއުޅުމުގައި ގޭތެރެ ސާފުކުރުމުން ފެށިގެން އިންޑަސްޓްރިއަލް ފެންވަރުގައިވެސް ބޭނުންކުރަން ވަރަށް އެކަށޭނަ އުފެއްދުމެކެވެ. ހާއްސަ ސިފަތަކެއް އެކުލެވޭ މި ޕްރޮޑަކްޓަކީ މަކިޓާގެ އެހެން ސާމާނުތަކެކޭ އެއްގޮތަށް ގިނަ ދުވަސް ވަންދެން ގެންގުޅެވޭ، ގިނަ ބޭނުންތަކަކަށް ބޭނުންކުރެވޭނެ އިތުބާރު ހިފޭ ޓޫލްއެކެވެ.

މި ޕޮލިޝަރ ސްކްރަބަރ އަކީ ބަދިގޭ ތަޅުންގަނޑުތަކުން ފެށިގެން ކޮންކްރީޓް ތަޅުންގަނޑުތަކާއި ރެސިން ވެކްސް ތަޅުންގަނޑުތައް އޮމާންކޮށް ސާފުކޮށް ޕޮލިޝްކޮށް އަދި އޮމާންކުރުމަށްވެސް ބޭނުން ކުރެވޭނެ ޓޫލްއެކެވެ. މި ޕޮލިޝަރ ސްކްރަބަރ އާއެކު އެކި ކަހަލަ ސާފޭސްތަކަށް އަދި އެކި ބޭނުންތަކަށް އެކަށޭނަ ބްރަޝް ޕެޑްތަކާއި ބުރުސް ކުނޑިތައް (ބްރަޝް ބްރިސަލް) ވެސް ލިބިގެންދާނެއެވެ. ބްރަޝް ޕެޑްތައް ހާއްސަ ކުރެވިފައިވަނީ ރެސިން ވެކްސް ސާފޭސްތައް އޮމާންކޮށް ޕޮލިޝްކޮށް ރެސިން ވެކްސް ފިލުވުމަށް އަދި ބުރުސް ކުނޑިތައް ހާއްސަ ކުރެވިފައިވަނީ ކޮންކްރީޓް، ފިލާ އަދި އެހެނިހެން އެތެރޭގެ ތަޅުންގަނޑުތައް ސާފުކުރުމަށެވެ. ހަމަ އެއާއެކު މި ޕްރޮޑަކްޓް ފަރުމާ ކޮށްފައިވަނީ، އަރިމަތީގައި ހަރުކުރެވިފައިވާ ފިތްތަކުގެ އެހީގައި، ބްރަޝް ޕެޑްތަކާއި ބުރުސް ކުނޑިތައް ފަސޭހައިން ބަދަލުކޮށް ލައްވާލެވޭނެ ފަދަ ގޮތަކަށެވެ.

އެސްޓީއޯ ކޮންސްޓްރަކްޝަންސްގެ މަކިޓާ އައުޓްލެޓުން ރާއްޖެއަށް އަލަށް ގެނައި މަކިޓާ ކޯޑްލެސް ޕޮލިޝަރ ސްކްރަބަރ -- ފޮޓޯ/ އެސްޓީއޯ

އިތުރު ފީޗާތައް:

  • ފަސޭހައިން އަދި އަވަހަށް ޗާޖް ކޮށްލެވޭ އަދި ގިނަ ވަގުތު ޗާޖް ހިފަހައްޓާ.
  • ބޭނުންކުރާ ސަރަހައްދާއި ކުރާ މަސައްކަތާ އެކަށީގެންވާ ގޮތަށް ބްރަޝް ޕެޑް އަދި ބްރަޝް ބްރިސަލްގެ ސްޕީޑް އެޖަސްޓް ކުރެވޭ. އެގޮތުން ޕޮލިޝް ކުރުމަށް ހައި ސްޕީޑް، ސާފުކޮށް ރެސިން ވެކްސް ފިލުވުމަށް މީޑިއަމް ސްޕީޑް އަދި ކޮންކްރީޓް ފަދަ ހައި ރެސިސްޓަންސް ސާފޭސްތަކަށް ހައި ސްޕީޑް ބޭނުންކުރެވޭނެހެން ސްޕީޑް އެޖަސްޓްކޮށްލެވޭނެ.
  • ޕްރޮޑަކްޓް ފަރުމާ ކުރެވިފައިވަނީ އެއްވަރެއްގައި ސްޕީޑް ކޮންޓްރޯލް ކުރެވި އެއްހަމައެއްގައި ހިފެހެއްޓޭ ފަދަ ގޮތަކަށް.
  • އަރިމަތީގައި ހަރުކުރެވިފައިވާ އެލްއީޑީތަކުން ސާފުކުރާ ސަރަހައްދު ރަނގަޅަށް އަލިކޮށްދޭ.
  • ޕޮލިޝަރ ސްކަރަބަރގެ ޕޯލްގެ ދިގުމިން ސާފުކުރާ ސަރަހައްދާއި ބޭނުންކުރާ މީހާގެ ދިގުމިނަށް ބަލައި ބަދަލުކުރެވޭ. އެގޮތުން 1435-1081 މިލިމީޓަރަށް ދިގުމިން އެޖަސްޓްކުރެވޭނެ.