އިންޑިއާއިން އުފައްދާ ކޮވިޑް ވެކްސިން ބޭނުންކުރުމުގެ އިމަޖެންސީ ހުއްދައެއް ދޭން އެގައުމުން ނިންމައިފިއެވެ.
ކޮވިޑް ކޮންޓްރޯލް ނުވެ ޕޮޒިޓިވް ވި މީހުންގެ އަދަދު ފަސް މިލިއަނާ ގާތްކޮށްފައިވާއިރު އިންޑިއާއިން ވަނީ އެގައުމުގައި ތައްޔާރު ކުރާ ވެކްސިން އަށް އިމަޖެންސީ ހުއްދައެއް ދީ ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި ހައިރިސްކު މީހުންނަށް ވެކްސިން ދޭން ނިންމައިފައެވެ.
އިންޑިއާގެ ހެލްތު މިނިސްޓަރު ހާޝް ވަރްދަން އެގައުމުގެ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ވެކްސިން ގެ ފަހު މަރުހަލާ އަވަސްކޮށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވާނަމަ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ވެކްސިންގެ ޓެސްޓުތައް ނިމި ވެކްސިން ބޭނުން ކުރެވޭ ވަރުވާނީ އަންނަ އަހަރުގެ ފުރަތަމަ ކޮޅުގައިކަމަށް އެގައުމުން ބުނެފައި ވެއެވެ.
އިންޑިއާގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށް ގައުމުގެ އިގްތިސާދު ހުޅުވާލުމުގެ މަސައްކަތް ކުރަމުން އަންނަ އިރު އެގައުމު ވަނީ ދުނިޔެއިން އެންމެ ގިނަމީހުން ކޮވިޑް ޖެހުނު ދެވަނަ ގަައުމުކަމުގައި ވެފައެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ