އިދިކޮޅު ޕީޕީއެމް ޕީއެންސީން "އިންޑިއާ އައުޓް"ގެ ނަމުގައި މިހާރު ހިންގާ ހަަރަކާތަކީ ހަރުކަށި ފިކުރުގެ މީހުން އަޑީގައި ތިބެގެން ހިންގާ ހަރަކާތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
"އިންޑިއާ އައުޓް"ގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ސޯޝަލް މީޑިއާއާއެކު ބޮޑު ކެމްޕެއިނެއް ފަށާފައިވާއިރު، "ގައުމު ވިއްކާލުމާ ދެކޮޅަށް" ނަމުގައި އިދިކޮޅު ޕީޕީއެމް، ޕީއެންސީން އިއްޔެ ވަނީ ސައިކަލް ބުރެއް ބާއްވައިފައެވެ.
އެކަމާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ޕީޕީއެމް އާއި ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ގެންދަވަނީ ހަރުކަށި މީހުންގެ ނާޖާއިޒު ފައިދާ ނަންގަވަމުން ކަމަށެވެ. އެއީ ޕީޕީއެމުން ކުރާ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށާއި ރާއްޖޭގެ މިނިވަންކަން އެންމެ ފަސޭހައިން ގެއްލޭނެ ކަމަކީ ވެސް އެކަމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ނަޝީދު ތުހުމަތު ކުރައްވާފައިވާ ގޮތުގައި ގޮތުގައި އިދިކޮޅު ޕީޕީއެމް ޕިއެންސީގެ މަސައްކަތަކީ އައިސިސް ރާއްޖެ ހިފުމުގެ ޕްލޭނަކަށް ކުރާ މަސައްކަތެއް ކަމަށެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހަށް ނަޝީދު އެ މެސެޖް ދޫކޮށްލެއްވީ ސަރުކާރާ ދެކޮޅަށް އަޑުއުފުލަން މާލޭގައި އިއްޔެ ބޭއްވި ސައިކަލް ބުރު ކުރިއަށް ދިޔަ ވަގުތު އެވެ. އެކަމަކު އެއީ ޕީޕީއެމުން ރާވައިގެން ކުރިއަށް ގެންދިޔަ ހަރަކާތެއް ނޫން ކަމަށް އެ ޕާޓީން ބުންޏެވެ.
އިދިކޮޅު ފަރާތްތަކުން ބައިވެރިވެގެން މާލޭގައި އިއްޔެ ބޭއްވި ސައިކަލް ބުރުގެ ތެރެއިން 41 މީހަކު ހައްޔަރުކޮށް، ފުލުހުން ވަނީ ސައިކަލްތަކެއް ޓޯ ކޮށްފައެވެ.
ފުލުހުން ބުނީ އެމީހުން ހައްޔަރު ކުރީ، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ތެރެއަށް ހުށަހެޅޭ ގޮތަށް އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފަށް އެއްވުމާ ގުޅިގެން ކަމަށެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް