އއ. އުކުޅަހު ކަރަންޓީނުގައި ހުރި އަންހެނަކު މަރުވެއްޖެ އެވެ.
އެކަން ކަށަވަރު ކޮށްދެއްވައި އުކުޅަހު ސިއްހީ މަރުކަޒުގެ މެނޭޖަރު އަބްދުﷲ ސައީދު "ވަން" އަށް ވިދާޅުވީ، ރޭ ދަންވަރު މަރުވެފައިވަނީ އުމުރުން 66 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އޭނާ މަރުވީ ނޭވާލާން އުނދަގޫ ވެގެން ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ، މާލެ އިން ބޭސްފަރުވާ ކުރުމަށްފަހު އެމީހާ ރަށަށް ހޯމް ކަރަންޓީނަށް ދިޔައީ މީގެ ދެ ދުވަސް ކުރިން ކަމަށެވެ. އޭނާއަކީ ހިތުގެ ބައްޔާއި ނޭވާ ހިއްލުމުގެ ބަލި ހުންނަ މީހެއް ކަމަށާއި ނަމަވެސް މަރުވި އިރު ކޮވިޑުގެ އެއްވެސް އަލާމާތެއް ފެންނަން ނެތް ކަމަށް ވިދާޅުވި އެވެ.
ހޯމް ކަރަންޓީނުގައި ހުންނަ މީހަކު މަރުވުމުން އޮންނަ އުސޫލުގެ ތެރެއިން އޭނާގެ ސާމްޕަލް ވެސް މިހާރު ވަނީ ނަގައިފަ އެވެ. ނަމަވެސް އަދި ނަތީޖާއެއް ނުލިބެ އެވެ.
މިމަހުގެ އަށް ވަނަ ދުވަހު ހއ. ކެލާގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ވެސް ވަނީ މަރުވެފަ އެވެ. ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދިޔަ އެ މީހާ މަރުވީ ހާލު ސީރިއަސް ވެގެން ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. އަދި އޭނާގެ މަރަކީ ކޮވިޑް މަރެއް ކަމެއް ވަނީ ނިންމައިފަ އެވެ.
ހޯމް ކަރަންޓީނު
ހޯމް ކަރަންޓީނު
ހޯމް ކަރަންޓީނު
ހޯމް ކަރަންޓީނު