ނ. މަނަދޫ ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ، މަނަދޫން މިއަދު ޕޮޒިޓިވްވީ ދިވެހި ފިރިހެނެއް ކަމަށެވެ. އުމުރެއް ނުބުނެ އެވެ. މިއީ އަތޮޅު ތެރެއިން މިއަދު ޕޮޒިޓިވްވި އަށް ވަނަ މީހާ އެވެ.
މިއަދު ހއ. ކެލާ އާއި އެ އަތޮޅު ދިއްދޫގެ އިތުރުން ތ. ވޭމަންޑޫ، ޅ. ނައިފަރު، ރ. ދުވާފަރުގެ އިތުރުން ކޮވިޑް ޖެހިފައިވާ އެންމެ ގިނަ ބަޔަކު ތިބި ހޯނޑެއްދޫން ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ.
މި މީހުންގެ ތެރެއިން ޅ. ނައިފަރުން ފެނުނު ކޭސް އާއި ދުވާފަރުން ފެނުނު ކޭސް އަކީ ކޮވިޑަށް ޕޮޒިޓިވް މީހެއްގެ ކޮންޓެކްޓުންނެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިވަގުތު ރާއްޖޭގެ 26 ރަށެއްގައި ކޮވިޑް ޖެހިފައިވާ 90 މީހަކު އެބަ ތިއްބެވެ. އެއީ 82 ދިވެހިންނާއި އަށް ބިދޭސީ އެކެވެ.
އޭގެ އިތުރުން އަތޮޅު ތެރޭގައި ގާއިމްކޮށްފައިވާ ކޮވިޑް ފެސިލިޓީތަކުގައި އަށް މީހަކު އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު